ރަޝިއާއިން އުފެއްދި ކޮވިޑް ވެކްސިން އޮކްޓޫބަރު މަހު އާންމުންނަށް ޖަހަން ފަށަނީ

ކޮވިޑް ވެކްސިންގެ ތަހުލީލުތައް ރަޝިއާގައި ކުރިއަށް ދަނީ--

ރަޝިއާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އަންނަ އޮކްޓޫބަރު މަހުން ފެށިގެން އާންމުންނަށް ދޭން ފަށަން ނިންމައިފި އެވެ.

ރަޝިއާގެ ހެލްތު މިނިސްޓަރު މިހައިލް މުރަޝްކޯއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ އަންނަ އޮކްޓޫބަރު މަހު ވެކްސިން ދޭން މިހާރު ވަނީ ތައްޔާރީތައް ވާން ފަށައިފަ އެވެ. އަދި އެންމެ ފުރަތަަމަ ވެކްސިން ދޭނީ ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް ކަމަށްވެސް ބުނެފައިވެ އެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ބުނީ ކޮވިޑް ވެކްސިނަށް ދޭން ޖެހޭ ހުއްދަތައް މިމަހު ދޭން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ރަޝިއާއިން މާ އަވަސް އަރުވާލައިގެން އެކަން ކުރަން އުޅޭތީ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

އެމެރިކާގެ އިންފެކްޝަސް ޑިޒީސްގެ އިސް އެކްސްޕާޓް އެންތަނީ ފައުޗީ ވިދާޅުވީ ރަޝިއާ އާއި ޗައިނާއިން ވެކްސިން ބޭނުން ކުރަން ފެށުމުގެ ކުރިންއޭތި ރަނގަޅަށް ޓެސްޓްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް މިއަހަރުގެ ނިމުމުގެ ކުރިން އެމެރިކާއިން އުފެއްދާނެ ކަމަށެވެ.

https://sun.mv/140786

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭގެ ތެރެއިން 20 އަށްވުރެ ގިނަ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްސްތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ރަޝިއާގެ ގެމޭލިޔާ އިންސްޓްޓިއުޓުން ތައްޔާރުކުރި ކޮވިޑް ވެކްސިންގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލްސްތަކުގައި އެ ވެކްސިން ކާމިޔާބުކަމަށް ދައްކާކަމަށް ރަޝިޔާގެ ސައިންޓިސްޓުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން އެމެރިކާ، ޔޫކޭ އަދި ކެނެޑާގެ ސެކިއުރިޓީ ސާވިސާސްއިން ބުނީ ކޮވިޑް ވެކްސިނާ ގުޅޭ މައުލޫމާތުތަކެއް ރަޝިޔާގެ ހެކިން ގްރޫޕަކުން ވަގަށް ނެގުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ރަޝިޔާއިން ވަނީ އެކަން ދޮގޮކޮށްފަ އެވެ.-- ބީބީސީ

comment ކޮމެންޓް