ބޮޑު ބަންދުގައި ބީއެމްއެލް ހުޅުވާނީ މި މަހު 29ގައި

ބޭންކް އޮފް މޯލްޑިވްސް ގެ މެއިން ބްރާންޗު -- ފޮޓޯ: ބީއެމްއެލް

ކުރިއަށް އޮތް ބަންދުތެރޭ ބެންކް އޮފް މޯލްޑިވްސް އިން ޖުލައި 29 ވަނަ ދުވަހު ހިދުމަތްދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މިނިވަންދުވަހާއި، އަޟްހާ އީދާ ގުޅިގެން އަންނަ އާސިއްތަ އިން ފެށިގެން އެއް ހަފްތަގެ ދިގު ބަންދެއް ލިބެއެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ހުރިހާ ބްރާންޗެއް އަދި ސާވިސް ސެންޓަރެއްވެސް ޖުލައި 29 ވަނަ ދުވަހު ހުޅުވާނެ ކަމަށެވެ.

އޮންލައިކޮށް އަދި ސެލްފް ސާވިސް ބެންކިން އިން ނުލިބޭ ހިދުމަތްތައް ދިނުމަށް ބްރަންޗުތައް ހުޅުވާފައި ހުންނާނީ އެދުވަހުގެ 8:30 އިން 14:00 އަށް ކަމަށް ބޭންކުން ބުންޏެވެ.

މާލެއިން ހިދުމަތް ހޯދާ ކަސްޓަމަރުން ކިޔުބީ އެޕް މެދުވެރިކޮށް ނަންބަރު ނެގުމަށް ބީއެމްއެލް އިން ހަނދާންކޮށްދެއެވެ. ކޮންމެ ކަސްޓަމަރަކުވެސް ނަންބަރު ކައިރިވުމުން ހިދުމަތް ހޯދުމަށް ދިޔުމަށް ބެންކުން އިލްތިމާސް ކުރެއެވެ. ކިޔުބީ މެދުވެރިކޮށް ޓޯކެން ދޫކުރާނީ ހެނދުނު އަށަކުން މެންދުރު 12 އަށެވެ.

މީގެ އިތުރުން އެކައުންޓް ހުޅުވުމާއި ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުގެ ހިދުމަތް ޕްރީ ބިކްޑް އެޕޮއިންޓުމެންޓަށް ދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިނިވަންދުވަހާއި އަޟްހާ އީދާ ގުޅިގެން މިމަހުގެ 26 އިން އަންނަ މަހުގެ ތިނަކަށް ސަރުކާރު ބަންދު ވާނެއެވެ.

https://sun.mv/140120

comment ކޮމެންޓް