ބަންދުތެރޭ ބޭންކުތައް ހުޅުވާނީ ޖުލައި 29 ގައި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ބަންދު ތެރޭ އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނީ ޖުލައި 29 ގައި ކަމަށް މަަރުކަޒީ ބޭންކުން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ މިނިވަންދުވަހާއި އަޟްހާ އީދާ ގުޅިގެން މިމަހުގެ 26 އިން އަންނަ މަހުގެ ތިނަކަށް ސަރުކާރު ބަންދު ކުރުމާ ގުޅިގެން ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނާނީ ޖުލައި 29 ވާ ބުދަ ދުވަހު ކަމަށެވެ.

މި ދުވަހު އެމްއެމްއޭ އިން ބޭންކިން ހިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކަމަށާއި ސިޓީއާއި ތަކެތި ބަލައިގަތުން ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކުރިއަށްދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި އަހަރުގެ މިނިވަންދުވަސް ދިމާވަނީ އާދިއްތަ ދުވަހާއެވެ. ޖެހިގެން އަންނަ ހޯމަ ދުވަސް، މިނިވަން ދުވަހުގެ މުބާސަބަތުގައި ބަންދުވާއިރު އަންގާރަ އަދި ބުދަ ދުވަސް ބަންދު ކުރަނީ ބުރާސްފަތި ދުވަސް ހައްޖު ދުވަހާ ދިމާވާތީ ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

comment ކޮމެންޓް