މާދަމާއިން ފެށިގެން ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހޭނީ އިމުގާ ޕޯޓަލްއިން

މާދަމާ އިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅޭނީ އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށްއެދި ހުށަހެޅުމަށް imuga.immigration.gov.mv އަށް ލޮގްއިންވެ، ރެޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

މި ބަދަލާއެކު މާދަމަ (23 ޖުލައި 2020)އިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން އިން ބުނީ އެ އިދާރަގެ މަގުސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ކޮވިޑް19ގެ ހާލަތުގައި ރާއްޖެއިން ބޭރުން އަންނަ މީހުން ފުރިހަމަކުރަންޖެހޭ ހެލްތު ޑިކްލަރޭޝަން ފޯމުވެސް އިމުގާ މެދުވެރިކޮށް އޮންލައިން ކޮށް ފުރޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.

comment ކޮމެންޓް