ކެޓްރީނާގެ "ފޯނު ބޫތު"ގައި އިޝާން އާއި ސިދާންތު

ފިލްމުގެ ޕޯސްޓަރެއް--

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ފޯނު ބޫތު"ގެ ފިރިހެން ލީޑަށް އިޝާން ޚައްތަރު އާއި ސިދާންތު ޗަތުރަވޭދީ ހަމަޖައްސައިފި އެވެ.

އެކްޓަރު އިޝާން ބޮލީވުޑަށް ތައާރަފްވީ ޖާންވީ ކަޕޫރާއެކު ފިލްމު ދަޅަކް އިންނެވެ. އޭނާއަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮވެސްމެ އެވެ. ސިދާންތު ބޮލީވުޑަށް ތައާރަފްވީ ރަންވީރު ސިންހް އާއި އާލިއާ ބަޓް އާއެކު ފިލްމު ގަލީ ބޯއީ އިންނެވެ.

އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ ފޯނު ބޫތުގެ ޑައިރެކްޓަރަކީ ގުރްމީތު ސިންހްއެވެ. ހޮރޯ ކޮމެޑީ ޖޯންރާ އަށް ބިނާކޮށް ތައްޔާރުކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ. ފިލްމުގެ ޝޫޓިން މި އަހަރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ ކެޓުރީނާ އާއި އިޝާން އަދި ސިދާންތު އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް