އިނގިރޭސިވިލާތުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯސެފީން ކޮކްސް މަރުވެއްޖެ

އިނގިރޭސިވިލާތުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯސެފީން ކޮކްސް

އިނގިރޭސިވިލާތުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯސެފީން ކޮކްސް މަރުވެއްޖެ އެވެ.

އޭނާ މަރުވީ މިިދިޔަ ހުކުރު ދުވަހު އެވެ. އޭރު އުމުރުން 82 އަހަރެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އުފަންވި ޖޯސެފީން 60 ފޮތް ލިޔުއްވިއިރު އޭނާގެ ވާހަކަތަކުގެ 20 މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކިފައިވެ އެވެ.

އޭނާ ވާހަކަ ލިޔުއްވަން އެންމެ ފުރަތަމަ ފެއްޓެވީ އުމުރުން 43 އަހަރުގަ އެވެ. އަދި އޭނާގެ ފުރަތަމަ ފޮތް "ހާ ފާދާސް ސިންސް" އެންމެ ފުރަތަމަ ޝާއިއުކުރީ 1988 ވަނަ އަހަރު އެވެ.

ޖޯސެފީންގެ ޕަބްލިޝަރު ހާޕާ ކޮލިންސްގެ ސީއީއޯ ކިމްބާލީ ޔަންގް، ޖޯސެފީން ސިފަކުރެއްވީ ވަރަށް މޮޅިު ލިޔުންތެރިއެއްގެ ގޮތުގަ އެވެ.

ޖޯސެފީން އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ "ޖޭން ބްރިންޑަލް"ގެ ނަމުގަ އެވެ. އެންމެ ފުރަތަމަ ލިޔުއްވަން ފަށައިގެންއިރު ވަރަށް ފަގީރެވެ. އަދި އޭނާ ލިޔުއްވި ވާހަކަތައް ސްކޫލްގެ ރަހުމަތްތެރިންނަށް ކިޔައިދެއްވީ އެންމެ ޕެނީއަކަށެވެ.

ޖޯސެފީންގެ ހުނަރު އޭނާގެ ޓީޗަރަކަަށް ފާހަގަވިއިރު ޖޯސެފީންއަކީ މޮޅު ލިޔުންތެރިޔަކަށް ވާނެކަމަށް އެ ޓީޗަރު ވަނީ ބުނެފަ އެވެ.

ޖޯސެފިން ލިޔުއްވި ވާހަކަތަކުގެ ތެރޭގައި "ބީޗު ކޯމްވާ"، "ދަ ބްރޯކަން މޭން" އަދި "ރަންއަވޭވުމަން" ހިމެނެ އެވެ.-- ބީބީސީ--

comment ކޮމެންޓް