ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައްޔިތުން މަޖިލިސް ކުރާ ގޭ ކައިރިން ފުލުހުންތަކެއް ހިނގާފައި ދަނީ -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މަޖިލިސްގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް މައުލޫމާތު ދެއްވުމުން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އަންހެން މުވައްޒަފެއް ކަމަށެެވެ.

އޭނާ ޕޮޒިޓިވްވީކަން އެނގުނީ މިއަދު ކަމަށްވެސް ޒިޔާއު ވިދާޅުވި އެވެ.

ޒިޔާއު ވިދާޅުވީ އެޗްޕީއޭއާ ގުޅިގެން ޕޮޒިޓިވްވި މުވައްޒަފަކު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެެވެ. އަދި އެތަން ޑިސްއެންފެކްޓްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީހުގެ ވެހިކަލެއް ދުއްވާ ޑްރައިވަރަކާއި އެތަނުގެ މެއިންޓަނަންސް ސްޓާފަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 2930 މީހަކު ފެނިފައިވާއިރު ބަލީގައި 15 މީހަކު ވަނީ މަރުވެފަ އެެވެ. އަދި 2354 މީހަކު ވަނީ ރަނގަޅުވެފަ އެވެެ.

comment ކޮމެންޓް