އިމޯޖީ ބޭނުންކޮށްގެން ދިރާގުން ފަސް ޖީބީ ޑޭޓާ

ދުނިޔޭގެ އިމޯޖީ ދުވަސް ފާހަގަ ކުރުމަށް ދިރާގުން ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

މި ހަރަކާތުގެ ތެރެއިން ދިރާގުގެ ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމު ޕޭޖުގައިވާ ޕޯސްޓަށް އެމީހެއްގެ ބެސްޓް ފްރެންޑު ސިފަކޮށްދިނުމަށް އިމޯޖީ ބޭނުންކޮށްގެން ކޮމެންޓް ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށާއި އެ ފަރާތެއްގެ ބެސްޓް ފްރެންޑަށް ފަސް ޖީބީ އިންޓަނެޓް ޑޭޓާ ދޭނެެއެވެ. ބެސްޓް ފްރެންޑް ސިފަ ކުރަން ތިން އިމޯޖީ އެއް ބޭނުން ކުރަން ޖެހެއެވެ.

އިމޯޖީ އަކީ ބޭނުންވާ އެއްޗެއް ބުނެދިނުމަށް ނުވަތަ ސިފަކޮށްދިނުމަށް ބޭނުންކުރާ ޑިޖިޓަލް އައިކޮންތަކެކެވެ. ދެހާސް ސާދަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި 17 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ އިމޯޖީ ދުވަހުގެ ގޮތުގަ އެވެ.

މި ހަރަކާތް މިރޭ 11:59 އާއި ހަމައަށް ކުރިއަށްދާނެއެވެ.

އެންމެ ފުރަތަމަ އިމޯޖީ އެއް އުފައްދާފައި ވަނީ ޖަޕާނުގެ އާޓީސްޓެއް ކަމަށްވާ ޝިގެޓާކާ ކުރިޓާ އެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު އޭނާ އިމޯޖީ ޑިޒައިން ކޮށްދިނީ ޖަޕާނުގެ ޓެލެކޮމް ކުންފުންޏަކަށެވެ.

މިހާރު އިމޖީ ވެފައިވަނީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ "ބަހުރުވަ" އަކަށެވެ.

comment ކޮމެންޓް