މަސް ދޯންޏެއް ފެތި ކަނޑުވި ނުވަ މީހަކު ސަލާމަތްކޮށްފި

ޅ. އަތޮޅުގެ ގިނަ އަދަދެއްގެ މަސްވެރިންތަކެއް ކަނޑުމަތީގައި -- ފޮޓޯ/ ކިޔުންތެރިއެއް

ކ. ހުރާ ކައިރިއަށް މަސްވެރިކަމުގައި ނުކުމެ އުޅުނު ދޯންޏެއް އަޑިއަށް ގޮސް، އޭގެ ދަތުރުކުރި އެންމެން ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ، "ކަނޑުރޯދި-1" ނަމަކަށް ކިޔާ ދޯންޏަކުން މާލެ އާ 14 ނޯޓިކަލް މޭލު ބޭރުން، ކ. ހުރާ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅެނިކޮށް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެ ދޯނި އަޑިއަށް ގޮސް، އޭގެއިން ދަތުރުކުރި ނުވަ މީހުން ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދިޔަ އެހެން ދޯންޏަކުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ވެސް މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވެސް ސިފައިން ބުންޏެވެ.

comment ކޮމެންޓް