"ކަސޯޓީ"ގެ އަނޫރާގް ވެސް ކޮވިޑަށް ޕޮޒިޓިވްވެ ޝޫޓިން މެދުކަނޑާލައިފި

ޕާރްތު ސަމްތާން ވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި---

ސްޓާޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ އެކްޓަރު ޕާރްތު ސަމްތާން (އަނޫރާގް ބާސޫ) ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޓީވީ އެކްޓަރު ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ކަސޯޓީގެ ޝޫޓިން ވެސް ވަނީ ކުއްލިގޮތަކަށް މެދުކަނޑާލައިފަ އެވެ. ޕާރްތު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފާއިތުވެދިޔަ ދުވަސްކޮޅު އޭނާއާއި ކޮންޓެކްޓްވެފައި ތިބި މީހުން ކޮވިޑަށް ޓެސްޓްކުރުމަށެވެ. އަދި އޭނާ މިވަގުތު ހުރީ ސެލްފް ކަރަންޓީނުގައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބޮލީވުޑްގެ ގިނަ ތަރިންނެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އޭ ލިސްޓް ތަރި އަމީތާބު ބައްޗަން އާއި އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަންގެ އިތުރުން އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އާރަދިޔާ ބައްޗަން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ އިތުރުން "ކުޗް ކުޗް ހޯތާ ހޭ" ފަދަ ފިލްމުތަކުން ފެނިގެންދިޔަ އެކްޓަރު އަނޫމަޕް ކޭރްގެ މަންމަ ދުލާރީ އާއި ކޮއްކޮ ރާޖޫ ކޭރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެ އާއިލާގެ އިތުރު ދެމީހަކު ވެސް ހިމެނެއެވެ.

comment ކޮމެންޓް