ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ނޮޅިވަރަމް: އެ ރަށުން ދެ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ---

ހދ. ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ނޮޅިވަރަމް އިން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މާލެ އިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ދެވަނައަށް އެ ރަށުން ޕޮޒިޓިވް ވެފައިވަނީ އޭނާގެ ބޭބެ އެވެ. އެ މީހާ އަކީ ފުރަތަމައަށް ޕޮޒިޓިވްވި މީހާއާ އެކު މާލެ އިން އެ ރަށަށް ގޮސް އެއް ގެއެއްގައި އުޅެމުންދާ މީހެއް ކަން ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންނާއި އެކު އަދި އިތުރު މީހަކު ވެސް އެ ގޭގައި ހޯމް ކަރަންޓީންވެފައި ވެއެވެ. ނަމަވެސް ތިން މީހުން ވެސް އުޅުމުން އަންނަނީ ތިން ކޮޓަރީގައި ކަމަށާއި އެ ގޭގައި އިތުރު އެހެން މީހަކު ނޫޅޭ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާ ރަށަށް ދިޔުމުގެ ކުރިން މާލޭޭގައި ރެންޑޮމް ސާމްޕަލިންގެ ތެރެއިން އޭނާގެެ ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާލިބި، ބައްޔަށް ޕޮޒިޓިވްކަން އެޗްޕީއޭ އިން އެންގީ އިއްޔެ އެވެ.

މީގެ ކުރިން ގއ. މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ ބަޔަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް