ޖަރުމަނުގެ ކުރީގެ ރައީސްގެ ދަރިފުޅު މަރާލި މީހާ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޑރ. ވޮން ފްރިޓްޒް ވެއިޒްސެކާ--

ޖަރުމަނުވިލާތުގެ ކުރީގެ ރައީސް ރިޗާޑް ވޮން ވެއިޒްސެކާގެ ފިރިހެން ދަރިފުޅު ޑރ. ފްރިޓްޒް ވޮން ވެއިޒްސެކާގެ ފިރިހެން ދަރިފުޅު އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އޭނާގެ ގާތިލަށް 12 އަހަރުގެ ހުކުމެއް އިއްވައިފި އެވެ.

ފްރިޓްޒް މަރާލި މައްސަލައިގައި ގާތިލް ގްރެގޯ އެސްއަށް ވަނީ ޖަލު ހުކުމަކާއެކު ސައިކޭޓްރީ ހޮސްޕިޓަލްއަކަށް ގެންދިއުމަށް ވެސް ހުކުމްކޮށްފަ އެވެ.

އާންމުކޮށް ޖަރުމަނުގައި މަރުގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލިޔަސް ގާތިލްގެ ނަފްސާނީ މައްސަލަތައް ހުންނާތީ އޭނާއަށް އިއްވާފައި ވަނީ 12 އަހަރުގެ ހުކުމެކެވެ. ސައިކޭޓްރީ ރިޕޯޓްގައިވާ ގޮތުން ގާތިލުގެ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ ހުރެއެވެ. ގާތިލް ވަނީ އޭނާގެ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ވެސް ދެކޮޅު ހަދައިފަ އެވެ.

އުމުރުން 59 އަހަރުގެ ފްރިޓްޒް މަރާލައިފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. އޭނާ އަވަހާރަކޮށްލައިފައި ވަނީ ބާލިންގެ ހޮސްޕިޓަލްއެއްގައި ފުރަމޭގެ ބައްޔާ ގުޅޭ ގޮތުން ލެކްޗާއެއް ދެއްވުމަށް ފަހު ހޮސްޕިޓަލްގެ ބޭރުގައި ހުންނަވަނިކޮށެވެެ.

ޑރ. ފްރިޓްޒް މަރާލައިފައި ވަނީ ތޫނު އެއްޗަކުން އޭނާގެ ކަރަށް ދިން ހަމަލާއެއްގަ އެވެ. އެ ހާދިސާގައި ޑރ. ފްރިޓްޒް ސަލާމަތް ކުރަން އުޅުނު ފުލުހުންގެ އޮފިސަރަކަށް ވެސް އެކި ވަރުގެ ހަމަލާތައް އަމާޒުވި އެވެެ.

ޑރ. ފްރިޓްޒްގެ ގާތިލް ގްރެގޯ ކޯޓުގައި ބުނީ އޭނާގެ އަމަލާ ދޭތެރޭ އެއްވެސް ވަރަަކަށް ހިތާމަ ނުކުރާ ކަމަށެވެ.

އެމެރިކާއިން ވިއެޓްނާމްއާ ހަނގުރާމަ ކުރި ދުވަސްވަރު ބޭނުންކުރި ނުރައްކާތެރި ކެމިކަލް އޭޖެންޓް އޮރެންޖް ސަޕްލައި ކޮށްދިން ކުންފުންޏެއްގެ ބޯޑުގައި ޑރ. ފްރިޓްޒް ބައްޕަ ހިމެނިލައްވައެވެ. އަދި އެކަމާ ގުޅިގެން އިންތިހާއަށް އޭނާ ދެކެ ނަފްރަތުކުރާކަމަށް ގާތިލް ބުނެފައިވެއެވެ.--ބީބީސީ--

ގުޅޭ ޓެގު
comment ކޮމެންޓް