ކަސޯޓީގެ ބަޖާޖް ރޯލަށް ކަރަން ޕަޓޭލް!

ކަސޯޓީގެ ބަޖާޖް ރޯލުން ދެން ފެނިގެންދާނީ ކަރަން---

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަގްބޫލު ހިންދީ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" އިން ފެނިގެންދިޔަ ކެރެކްޓާ ބަޖާޖްގެ ރޯލު ކުޅެން ކަރަން ޕަޓޭލް ހަމަޖައްސައިފި އެވެ.

ސްޓާ ޕްލަސްއިން ކުރިން ގެނެސްދިން ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތައިން"ގައި ރަމަންގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ކަރަން މިހާރު ވަނީ ކަސޯޓީގެ ޝޫޓިން ވެސް ފަށައިފަ އެވެ. ކުރިން ބަޖާޖް ރޯލުން ފެނިގެންދިޔައީ ކަރަން ސިންހް ގްރޯވަރެވެ.

އެކްތާ ކަޕޫރުގެ މަގްބޫލު ޑްރާމާ ސިލްސިލާގެ ކެރެކްޓާ ޕްރޭނާގެ ރޯލުން ފެނިގެންދަނީ އެރިކާ ފެނާންޑޭޒްއެވެ. އަދި އަނޫރާގުގެ ރޯލުން ޕާރްތު ސަމްތާންއެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގްބޫލުވެގެންދިޔަ ޑްރާމާ ސިލްސިލާ ކަސޯޓީގެ ފުރަތަމަ ބައި ގެނެސްދިނީ 2001 އަހަރުން ފެށިގެން 2008 އާ ހަމައަށެވެ. ކަސޯޓީގެ ފުރަތަމަ ސީޒަނުގައި ކޮމަލިކާގެ ރޯލުން ފެނިގެން ދިޔައީ އުރްވަޝީ ޑޯލަކިއާ އެވެ. އަދި ޕްރޭނާގެ ރޯލުން ޝްވެތާ ތިވާރީ ފެނިގެން ދިޔައިރު އަނޫރާގްގެ ރޯލު ކުޅުނީ ސެޒާން ޚާން އެވެ.

ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ޓީވީ ޑްރާމާތައް މި މަހު ދައްކަން ފަށާނެ އެވެ.

comment ކޮމެންޓް