އޭސް ހާޑްވެއާއިން ޖުލައިމަހަށް ހާއްސަ ޕްރޮމޯޝަނެއް

އޭސްގެ ޕްރޮމޯޝަނެއް ޖުލައިމަހު --

ކޮވިޑް19ގެ ލޮކްޑައުން ލުއިކޮށްލުމާއެކު އޭސް ހާޑްވެއާއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޖުލައިމަހު ތެރޭ އޭސް ހާޑްވެއާއިން ބާބަކިޔު ގްރިލްސް އަދި ބާބަކިޔު ހަދަން ބޭނުންކުރާ ސާމާނުން ވަރަށް ބޮޑެތި ޑިސްކައުންޓު ލިބޭނެއެވެ. ބާބަކިޔު ގްރިލްސްއަށް ބަލާލާއިރު ގޭގެ ބެލްކަނީގައި ބެހެއްޓޭ ސައިޒުން ފެށިގެން ރިސޯޓްތަކުގައި ބޭނުން ކުރެވޭ، ފެންވަރު ރަނގަޅު ބާބަކިޔު ގްރިލްސް ލިބޭނެއެވެ.

މީގެ އިތުރުން ގާޑަން ކުރަން ބޭނުންކުރާ ތަކެތިންވެސް ބޮޑެތި ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން އެކި ޑިޒައިން އަދި ސައިޒްގެ ޕޮޓްތައް ހެޔޮ އަގުގައި ޖުލައި މަހުގެ ޕްރޮމޯޝަންގައި ލިބޭނެކަމަށް އޭސްއިން ބުންޏެވެ.

މީގެއިތުރުން އޭސް ހާޑްވެއާގެ ޖުލައިމަހު ޕްރޮމޯޝަންގައި ކުޑަކުދިންނަށް ހާއްސަ އެކިކަހަލަ ކުޅޭ ސާމާނުވެސް ހިމެނެއެވެ. އެގޮތުން ބީޗް ނޫނީ މޫދަށްގޮސް ކުޅޭނެ ފެންބަޑީގެ އިތުރަށް ގޭގައި ބޭނުން ކުރެވޭނެ ވައިޖަހާ ސްވިމިންގް ޕޫލްވެސް ހިމެނެއެވެ.

އޭސް ހާޑްވެއާގެ ދެ ފިހާރަވެސް މިހާރު ހުންނަނީ ހުޅުވާލައިފައިއެވެ. މީގެ އިތުރުން އޭސްގެ ވެބްސައިޓް މެދުވެރިކޮށްވެސް އޯޑަރުކުރެވޭނެއެވެ.

ކޮވިޑާއެކު، ވިޔަފާރި ކުރުމުގެ ސަގާފަތަށް އައި ބަދަލާއެކު އޮންލައިން ވިޔަފާރި ވަނީ ލައިފްސްޓައިގެ ބަޔަކަށްވެފައެވެ. އޭސް ހާޑްވެއާގެ ކަސްޓަމަރުންނަށްވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށްޓަކައި އޮންލައިން ވެބްސައިޓަށް [ވެސް ލޮކްޑައުންގެ ތެރޭގައި އިތުރު ފުރިހަމަ ކަމެއް ވަނީ ގެނެސްފައެވެ.

ކަސްޓަމަރުން ގަންނަން ބޭނުންވާ މުދާ ފަސޭހައިން ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ އޭސް ހާޑްވެއާގެ ވެބްސައިޓު އެކި ކެޓަގަރީތަކަށް ބަހާލާފައިވެއެވެ. އެތަނުން ގިނަ ބްރޭންޑްތަކުގެ މުދާ ވިއްކާއިރު، ގަންނަން ބޭނުންވާ ބްރޭންޑު ވަކިން އިހުތިޔާރުކޮށްގެން މުދާ ބަލައިލެވޭނެއެވެ.

އޭސް ހާޑްވެއާއާއި ވެބްސައިޓުން ގަންނަން ލިބޭ މުދަލުގެ ބައެއް ބާވަތްތަކުގެ ތެރޭގައި ބަދިގެ ސާމާނު، ގޭތެރެ ސާފުކުރަން ބޭނުންކުރާ ތަކެތި، އިންސެކްޓިސައިޑްސް، ބާބަކިއު ގްރިލްސް އަދި ގާޑަނިންގްއަށް ބޭނުންވާ ސާމާނު، އެޑިއުކޭޝަނަލް ޓޯއީޒް، ސްޓޭޝަނަރީޒް، ހޯމް އެޕްލަޔަންސް އަދި ޕަވާ ޓޫލްސް ހިމެނެ އެވެ.

ވެބްސައިޓުން ގަންނަ މުދަލަށް ފައިސާ ދެއްކޭނީ މޯލްޑިވްސް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބޭންކް އެކައުންޓް ބޭނުންކޮށްގެންނެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ހުޅުވި 2011 ވަނަ އަހަރު އެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރިއެކެވެ. އޭސް ހާޑްވެއާގެ އިތުރުން ކަލަ ބޭންކަކީވެސް ކޯ-ލޯޑް މޯލްޑިވްސްއިން ހިންގާ ވިޔަފާރިއެކެވެ.

comment ކޮމެންޓް