ރަށެއްގެ ޒިންމާދާރު ބޭފުޅަކު ފިރިހެން ކުއްޖަކާ ބަދުއަހުލާގީ އަަމަލެއް ހިންގަން އުޅުނު މައްސަލައެއް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ފިރިހެން ކުއްޖަކާއެކު ބަދައަހުލާގީ ގުޅުން ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދެކުނު ރަށެއްގައި އެފަދަ ހާދިސާއެއް ހިނގައިގެން އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ކުޑަކުއްޖާގެ އުމުރަކީ 16 އަހަރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ފަހުން އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ދާދި ފަހުން ސަފާރީއެއްގައި ހިނގި ޖިންސީ ގޯނާކުރުމުގެ މައްސަލައާއި ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުދިން ރޭޕްކޮށް ބަނޑުބޮޑުވި ހާދިސާ ފާހަގަކޮށްލެވެއެވެ.

ޖިންސީ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކުށްތަކުގައި އިންސާފު ހޯދައި ދިނުމަށް އެދި މިދިޔަ ހުކުރު ދުވަހުވެސް މާލޭގައި ވަނީ މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް