މާލޭ ޖަލުން ނެގި 101 ސާމްޕަލް ވެސް ނެގެޓިވް

މާލޭ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސްް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، ޖަލުގައި ބަލި ފެތުރިފަައިވޭތޯ ދެނެގަތުމަށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވެފައިވާ ކަަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މާލޭ ޖަލުން މި މަހުގެ 20 ވަނަ ދުވަހު ކޮވިޑް19 އަށް ޕޮޒިޓިވްވީ، އީއެސްޖީ އޮފިސަރެކެވެ. އޮފިސަރު ޕޮޒިޓިވްވުމަ ގުޅިގެން މާލޭ ޖަލުގައި އޭގެ ކުރިންވެސް ބަލީގެ އަސަރު ފެތުރިފައިވޭތޯ ބެލުމަށް ވަނީ 101 ރޭންޑަމް ސާމްޕަލް ނަގައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ޤައިދީންނާއި ބަންދުމީހުންގެ އިތުރުން ހަތް ވެއިޓަރުންނެވެ.

ކަރެކްޝަންސް އިން މިއަދު ބުނީ، މާލޭ ޖަލުން ނެގި 101 ސާމްޕަލް ވެސް ކޮވިޑް19 އަށް ނެގެޓިވްވެފައިވާ ކަަމަށެވެ.

މީގެ ކުރިން ވެސް ޖަލުތަކުން އޮފިސަރުންނާއި ގައިދީން ވަނީ ކޮވިޑަށް ޓެސްޓުކޮށްފަ އެވެ. ރެންޑަމް ސާމްޕްލިންގެ ތެރެއިން އެފަހަރު ޓެސްޓުކުރި އެންމެން ވެސް ވަނީ ނެގެޓިވްފަ އެވެ.

ރާއްޖެއިން މިހާތަނަށް 2,324 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 1،911 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފަރުވާދެމުން އަންނަނީ 400 މީހަކަށެވެ.

comment ކޮމެންޓް