ރަޖިސްޓްރީ ނުކޮށް ކުޅުދުއްފުށީގައި ބިދޭސީން ބައިތިއްބާ ނަމަ ޖޫރިމަނާ ކުރަނީ

ކުޅުދުއްފުށި ސިޓީ: އެ ސިޓީގެ އިންތިހާބީ ހަ ދާއިރާ މިރޭ ވަނީ ކަނޑައަޅައިފައި -- ފޮޓޯ/ ޕީއެސްއެމް

ހދ ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސިންގެ ތެރެއިން ކައުންސިލްގައި ރެޖިސްޓްރީކޮށްފައި ނުވާ މީހުން ޖުލައި ދެވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީވާން އަންގައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަށްރަށުގައި ވަޒީފާ އަދާކުރާ މީހުންގެ ދަފްތަރު ބެލެހެއްޓުމަކި ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްތަކުގެ މައްޗަށް ވަޒީފާ އާއި ބެހޭ ގާނޫނުން ލާޒިމު ކުރާ ކަމެއް ކަމަށާއި، ކުޅުދުއްފުށީގައި ވަޒީފާ އަދާކުރާ ފާރާތްތަކާއި އެފަރާތުގެ އާއިލާ އެއްވެސް މެމްބަރެއް ކުޅުދުއްފުށީގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމަށް މީގެ ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.

ކުޅުދުއްފުށީގައި ލިޔެކިޔުމަކާއި ނުލައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި ކައުންސިލްގައި ދަފްތަރު ނުކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، އެރަށުގައި ދިރި އުޅެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިންޖުލައި ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކައުންސިލުގައި ދަފްތަރުކުރުމަށް ކައުންސިލުން ވަނީ އަންގަިއފައެވެ. ކައުންސިލުން ބުނ ބިދޭސިން ދަފްތަރު ކުރުމަށް ބޭނުންވާ ފޯމް ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.

ކައުންސިލުގެ އެންގުމާއި ހިލާފަށް ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ގަވައިދާ ހިލާފަށް ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކައުނސިލުން ބުންޏެވެ.

އެގޮތުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް