އިންސާނުންނަށް ނުފެންނަ ކުލަތަކެއް ހަމިންބާޑް އަށް ފެނޭ

ފަރުބަދަތައް މަތީ އުޅޭ ވަކި ވައްތަރެއްގެ ހަމިންބާޑް އަށް އިންސާނުންނަށް ނުފެންނަ ކުލަތައް ފެނޭ --- ފޮޓޯ : ސީއެންއެން

ކެއުމަށް އެއްޗެހި ހޯދާއިރު އަދި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ހަމިން ބާޑް ތަފާތު ކުލަތަކަށް ސަމާލުކަން ދޭ ކަމަށާއި އޭގެތެރޭގައި އިންސާނުންނަށް ނުފެންނަ ކުލަތައް ހިމެނޭ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ސައިންސުވެރިން ބުނާގޮތުގައި ހަމިންބާޑް އަށް ފެންނަ ކުލަތަކަކީ ނޮން ސްޕެކްޓްރަލްގައި ހިމެނޭ ކުލަތަކެވެ. އޭނެ މާނައަކީ ކުލަތަކުގެ ސްޕެކްޓްރަމްގެ ބޭރުގައި ހިމެނޭ ކުލަތަކެވެ. އެ ކުލަތަކަކީ އިންސާނުންނަށް ދެނެގަނެވޭ ކުލަތަކެއް ނޫނެވެ.

ނޮންސްޕެކްޓްރަލް ކުލަތަކުގެ ތެރޭގައި އިންސާނުންނަށް ފެންނާނީ އެންމެ ކުލައެކެވެ. އެއީ ދަނބުކުލަ އެވެ.

ސައިންސުވެރިން ބުނީ އިންސާނުންނާ ހިލާފަށް ދޫނިތަކުގެ ލޮލުގައި އަލްޓްރާވައިލެޓް ޑިޓެކްޓް ކުރެވޭ ހާއްސަ ކޯން އެއް އިންނަ ކަމަށެވެ.

ސައިންސުވެރިން ބުނެފައިވަނީ ހަމިންބާޑްގެ ވަކި ވައްތަރެއްގެ ބާވަތްތަކަށް އިންސާނުންނަށް ނުފެންނަ ކުލަތައް ގިނައިން ފެންނަ ކަމަށެވެ. އެގޮތުން އެ ހަމިންބާޑްތަކަކީ ފިނި އަދި އުސް ފަރުބަދަތައް ފަދަ ތަންތަނުގައި އުޅޭ ދޫނިތަކެއް ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު