ކުޑަކުދިން ކުޅޭއެއްޗެހި ޝެއާނުކުރޭ!

ޖޫން 18، 2020: ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެށް މާލޭއިން ފެނުމާގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމާށްފަހު ދެ މަސް ދުވަސް ފަހުން ބޮޑު ލުއިތަކެއް ދިނުމާއެކު ކުޑަކުދިންނަށް ބޭރަށް ނިކުމެ އުފާކުރުން: ކުޑަ ކުދިންނަށް ބޭރަށް ނިކުމެވޭނެ ވަގުތަކީ ހަވީރު 4:00 - 6:00 އަަށް - ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ދުވަސްވަރު ކުޑަކުދިން ކުޅެންގެންގުޅޭ އެއްޗެހި، އެއްކުއްޖަކު އަނެއްކުއްޖަކަށް ޝެއާނުކުރުމަށް ޑޮކްޓަރުން އިލްތިމާސްކޮށްލައިފިއެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދުވަސްވަރު އެންމެ އިސްކަންދޭންވީ އެއްކަމަކި ކުޑަކުދިން ކުޅެންގެންގުޅޭ އެއްޗެހި އެއްކުއްޖަކު އަނެއްކުއްޖަކަށް ޝެއާ ނުކުރަން ކަމަށެވެ.

"ކުޅޭއެއްޗެހި ރަނގަޅީ އެއްކުއްޖަކު ގެންގުޅޭ އެއްޗެހި އަނެއް ކުއްޖަކު ޝެއާ ނުކޮށް ވަކިން ގެންގުޅުން. އެއީ އެއްކުއްޖަކު ބަލިވިނަމަވެސް، ދެވަނަ ކުއްޖާ އަށް އެކަމުގެ އަސަރު ކުރުން ކުޑަވާނެ،" ޑރ ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ އެއްކުއްޖަކު އަނެއްކުއްޖަކު ކުޅެންގެންގުޅޭ އެއްޗެހި މިކްސް ނުކުރުމަށްވެސް އެދޭ ކަމަށެވެ.

ކުޑަކުދިންގެ އަތް ދޮވެ ސާފުކުރުމުގެ އާދަ ހިފަހައްޓާ، އެކުދިން ބޭރަށް ނެރުމަށް ކަނޑައާޅާފައި އޮންނަ ވަގުތުގައި ބެލެނިވެރިޔަކާ އެކީ ބޭރަށް ނިކުންނައިރުވެސް، ގައިދުރުކޮށް އުޅުމަށް ކުދިންނަށް އިރުޝާދި ދިނުމަށް ޑރ. އެދިލެއްވިއެވެ.

ފުރަބަންދަށް ދިން ލުޔާއެކު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހަޔަކަށް ބެލެނިވެރިޔަކާއެކު ކުޑަކުދިންނަށް ބޭރަށް ނިކުމެވޭނެއެވެ.

ކުޑަކުދިން ކުޅެން ޕާކަށް ދިޔަނަމަވެސް، ޕާކުގައި ހުންނަ ކުޅޭއެއްޗެހި ބޭނުން ނުކުރުމަށްވެސް ޑރ. ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެކުއްޖެއްގެ އާއިލާއާއެކު ކުޅުން ކުރިއަށް ގެންދިޔުން ޕާކަށް ދިޔަ ނަމަވެސް. އަދި އެއްވެސް ވަރަކަށް ޕްލޭ ޑޭޓްސް ބޭއްވުމަކީ މިދުވަސްވަރު ކުރުން ރަނގަޅު ކަމެއް ނޫން،" ޑރ. ވިދާޅުވިއެވެ.

comment ކޮމެންޓް