ސޮނީގެ ހުރިހާ ފިހާރައިންވެސް މިހާރު ހިދުމަތް ލިބޭނެ

ސޮނީ ހޯމް ފިހާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޮނީގެ ހުރިހާ ފިހާރަ އަދި ސާވިސް ސެންޓަރުން މިހާރު ހިދުމަތް ދޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ފިހާރަތައް ބަންދުކޮށްފައި ހުރިނަމަވެސް ދީފައިވާ ލުއިތަކާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ސޮނީއިން ވަނީ ފިހާރަތައް ހުޅުވައި ހިދުމަތްދޭން ފަށައިފައެވެ.

އެގޮތުން ސޮނީގެ ޖަނަވަރީމަގު ފިހާރަ ފިޔަވާ އެހެން އައުޓްލެޓުތަކުން ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން ހަވީރު ހަޔަކަށް ހިދުމަތް ދޭނެއެވެ. ޖަނަވަރީމަގު ފިހާރަ ރޭގަނޑު ނުވަޔެއް ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް ސޮނީ އިން ބުންޏެވެ.

ހާޑްވެއާގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނާއި ހޯމް އިމްޕްރޫވްމެންޓް އުފެއްދުންތައް ސޮނީ އިންް ވިއްކައެވެ.

މަޖީދީމަގުގައި ހުންނަ ސޮނީ ހޯމްއިން ވިއްކާ ބޯޝް، ހެޔާ، ޓެފަލް، ޖޯސެފް އެންޑް ޖޯސެފް ފަދަ ބްރޭންޑުތަކުގެ ސާމާނުގެ އާ ޝިޕްމެންޓެއް ގެނެސްފައިވާކަމަށް ސޮނީއިން ބުންޏެވެ.

ވިޔަފާރިކުރަން ފިހާރައަށް ދާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށާއި ފިހާރައިން ބޭރުގައި ކިޔު ހަދަން ޖެހުނު ނަމަވެސް އެކަމަށް ސަމާލުކަންދީ، މާސްކު އަޅައިގެން ފިހާރައަށް ދިޔުމަށް ސޮނީއިން އިލްތިމާސް ކުރެއެވެ.

ސޮނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ ފުރުސަތުވެސް އެބައޮތެވެ. އެގޮތުން ސޮނީގެ ވެބްސައިޓު މެދުވެރިކޮށް ގޭގައި ތިބެގެން ވިޔަފާރިކޮށްލެވޭނެ އެވެ. ގަންނަ މުދާ މާލެއާއި ހުޅުމާލެއަށް އަދި ޖެޓީތަކަށާއި ބޯޓު ފަހަރަށް ސޮނީއިން ހިލޭ ޑެލިވަރީ ކޮށްދެއެވެ.

comment ކޮމެންޓް