ރާއްޖެ ވާޗުއަލްކޮށް މިރޭ މުޅި ދުނިޔެއަށް ދައްކާލަނީ

ކޮވިޑް19 އާއެކު ފަތުރުވެރިކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އިން އިސްނަގައިގެން ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހަނދާންތައް ވާޗުއަލްކޮށް ދުނިޔެއަށް ދައްކާލުމަށްޓަކައި ގެނެސްދޭ ފޭސްބުކް ލައިވް އިވެންޓް މިރޭ އޮންނާނެ އެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި ކުރިއަށްގެންދާ މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައ ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.

އެގޮތުން ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމުގެ އިތުރުން އަލުން ފަތުރުވެރިންނަށް މަރުހަބާކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައް ވެސް
ހާމަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ. އަދި މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިިވެހި މިޔުޒީޝަނުންނާއި އާޓިސްޓުންގެ މެސެޖުތައްވެސް ގެނެސްދޭނެ އެވެ.

ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމަށް މި އިވެންޓުގެ ތެރެއިން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ދިނުމަށް
ކުއިޒްއެއް ކުރިއަށް ގެންދާނެ އެވެ.

އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސް ހިމެނޭ ގޮތތުން ގުރުއަތުން ހޮވޭ އަށް ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިވެންޓު އޮންނާނީ މިރޭ އަށަކުން ބާރަޔަށެވެ.

މި ލައިވް އިވެންޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޕަބްލިކް ސާވިސް މީޑިއާ މޮންދު ޕްރޮޑަކްޝަން އަދި އޯކާ މީޑިއާ ގްރޫޕް ގުޅިގެންނެވެ.

ކޮވިޑަށްފަހު ޖުލައި އެކަކުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ޓޫރިސްޓުންނަށް ހުޅުވާލުމަށް ދަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް