ކޮވިޑަށް ފަރުވާދޭން ދިއްލީ ހޮސްޕިޓަލްތަކުގެ އެނދުތައް ރިޒާވްކޮށްފި

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ-- ފޮޓޯ: ރެޮއިޓާސް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލްތަކުގެ އެނދުތައް ދިއްލީގެ ރައްޔިތުން ކޮވިޑް-19 އަށް ފަރުވާދޭން ރިޒާވްކޮށްފި އެެވެ.

އިންޑިއާގައި އިއްޔެ އެކަނި ވެސް 10،000 މީހުންނަށް ބަަލި ޖެހުނުއިރު ޖުމްލަ އަދަދު މިހާރު ވަނީ 246,628 އިން މައްޗަށް އަރައިފަ އެެވެ. އެއާއެކު އިނގިރޭސިވިލާތް އަދި ސްޕެއިންއަށް ފަހު ދެން އެންމެ ގިނައިން ކޮރޯނާ ފެތުރުނު ގައުމަކަށް އިންޑިއާ މިހާރު ވަނީ ވެފަ އެވެެ.

އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 10 ޕަަސެންޓްއަށް ވުރެ ގިނަ ކޭސްތައް ފެނިފައިވަނީ ވެސް ދިއްލީއިންއެެވެ. ދިއްލީއަކި ތިންވަނަ އަށް އެންމެ ގިނައިން ބަލި ފެނުނު ސިޓީވެސް މެެ އެެވެ. ދެން އެންމެ ގިނައިން ބަލި ފެންނަނީ ޓެމިލް ނާޑޫއާއި މަހާރަޝްތާއިން އެެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރެވާލް ވިދާޅުވީ ދިއްލީ އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި އެއާއެކު އެ ސިޓީގެ ސަރުކާރު ހޮސްޕިޓަލްތަކާއި ޕްރައިވެޓް ހޮސްޕިޓަލްގެ ބައެއް އެނދުތައް ކޮރޯނާ ޖެހިފައިވާ ދިއްލީގެ ރައްޔިތުންނަށްް ފަރުވާ ދޭން ރިޒާވްކޮށްފައިވާ ކަމަށެވެ.

ދިއްލީގެ ހޮސްޕިޓަލްތަކަކީ މުޅި އެ ސަރަހައްދުގައި ވެސް އެންމެ ރަނގަޅު ހޮސްޕިޓަލްތަކަށްވާއިިރު މިހާރު ވެސް އެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ 60-70 ޕަސެންޓް މީީހުންނަަކީ އެހެން ސިޓީތަކުން އައިސްފައިވާ މީހުންނެވެ.

ދިއްލީގެ އާބާދީގައި 20 މިލިއަން މީހުން ހިމެނޭއިރު އެ ސިޓީގެ ބެޑް ކެޕޭސިޓީއަކީ 8049 އެކެެވެ. އަދި އެ ސިޓީގައި ހިމެނޭ 60 ހޮސްޕިޓަލްގެ ތެރެއިން 11 ހޮސްޕިޓަލްގައި އެނދެއް ނެތެވެ.

ދިއްލީގެ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ނުކުރާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު ހުރިހާ ހޮސްޕިޓަލްތަކުން ވެސް ދިއްލީގެ ރައްޔިތުން އެޑްމިޓް ކުރުމަށް ސަރުކާރުން މިހާރު ވަނީ އަންގައިފަ އެެވެ.

އިންޑިއާގައި ކޮރޯނާ ފެތުރޭ މިންވަރު އިތުރުވިނަމަވެސް ފުރަބަންދަށް ލުއި ދޭން މިހާރު ވަނީ ނިންމައިފަ އެވެެ. އެގޮތުން މިއަދުން ފެށިގެން ދިއްލީއާއި އެހެނިހެން ސިޓީތަކުގެ މޯލްއާއި ރެސްޓޯރެންޓްތަަކާއި އަޅުކަން ކުރަން އެއްވާ ތަންތަން ހުޅުވާނެއެވެެ. --- ރޮއިޓާސް---

comment ކޮމެންޓް