ޕޮލިޓެކްނިކްގެ ކޯސްތައް އަލުން ފަށައިފި

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގަމުން ގެންދާ ކޯހެއްގެ ތެރެއިން---ފޮޓޯ: ޕޮލިޓެކްނިކް

މޯލްޑިވްސް ޕޮލިޓެކްނިކުގައި އޮންލައިންކޮށް ކިޔަވައިދެމުން ގެންދިޔަ ކޯސްތައް މިއަދު އަލުން ފަށައިފިއެވެެ.

މިދިޔަ އޭޕްރީލް މަހު ކޮރޯނާ ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ޕޮލިޓެކްނިކްގެ ކޯސްތައް އޮތީ މެދުކަނޑާލައިފައެވެ.

އޮންލައިންކޮށް މިއަދު ފެށި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް 3އިން ކަސްޓަމާ ރިލޭޝަންސް އެންޑް ފްރަންޓް އޮފީސް، ސެޓްފިކެޓް 3އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން އެޑްވާންސް ސެޓްފިކެެޓް އިން ސްމޯލް ބިޒްނަސް މެނޭޖްމަންޓް އަދި ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ހިމެނެއެވެެ.

ޕޮލިޓެކްނިކަކީ ޒަމާނުއްސުރެ ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތައް ކުރިއަށް ގެންދަމުންދާ އިންސްޓްޓިއުޝަނެކެވެެ. އަދި އެތަނުން ކުރިއަށް ގެންދާ ގިނަ ކޯސްތަކަކީ ޕްރެކްޓިކަލް ބައިތައް ގިނަ އަދަދަކަށް ހިމެނޭ ކޯސްތަކަަކަށް ވާތީ އެބައި މިވަގުތަށް ފަސްކޮސްލުމަށް ނިންމާފައިވާ ކަަމަށްވެސް ޕޮލިޓެކްނިކުން ބުންޏެވެ.

ކޮވިޑް-19 ގެ ހާލަތު ބަދަލުވާގޮތަކުން އެޗްޕީއޭގެ އިރުޝާދާއާއެކު ޕްރެކްޓިކަލް ބައިތައް ހިމެނޭ ކޯސްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ޕޮލިޓެކްނިކުން ބުންޏެވެ.

ކޮރޯނާއާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ކިޔެވުންތައް މިހާރު އޮންލައިންކޮށް ވަނީ އަލުން ފަަށައިފައެވެ.

comment ކޮމެންޓް