ގެއްލިގެން ހޯދާ ކުދިން ފެންނައިރު ހުންނަނީ ގޯނާ ކޮށްފައި: ޕޮލިސް

ކުޑަކުދިން ގެއްލިގެން ފުލުހަށް ހުށަހަޅާ މައްސަލަތައް ގިނަވެފައިވާ ކަމަށާއި ގެއްލިގެން ހުށަހަޅާ ކުދިންނަށް ގޯނާ ކޮށްފައި ހުންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައި ވަނީ ފަހަކަށް އައިސް ކުޑަ ކުދިން ގެއްލިގެން އާއިލާތަކުން ރިޕޯޓް ކުރަނީ އެއް ދުވަސް ނުވަތަ އެއަށްވުރެވެސް ގިނަ ދުވަސް ކޮށްފައި ކަމަށާއި ކުޑަކުދިން ގެއްލޭ މައްސަލަތަކަށް ބެލެނިވެރިން ސަމާލުވާން ޖެހިފައިވާ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ކުޑަކުދިން ގެއްލިގެން ފުލުހަށް ހުށަހަޅަނީ އެއް ދުވަސް ނުވަތަ އެއައްވުރެ ގިނަ ދުވަސް ފަހުން ކަމަށާއި އޭގެ ސަބަބުން އެފަދަ ކުދިން ހޯދަން ކުރަންޖެހޭ މަސައްކަތަށް އުނދަގޫވާ ކަމަށެވެ.
"... ކުއްޖާ ގެއަށް ނައިސް ވީނުވީއެއް ނޭނގި، ނުގުޅޭނަމަ، ލަސްނުކުރައްވައި މޯލްޑިވްސް ޕޮލިސް ސަވިސް އަށް އެންގެވުން އެދެމެވެ. މިގޮތަށް ގެއްލިގެން ހޯދައިގެން ގެނެވޭ ކުދިންނަށް ތަފާތު ގޯނާ ކޮށްފައި ހުންނަކަން ފާހަގަ ކުރެވޭތީވެ، މިކަމަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ވެސް ދަންނަވަމެވެ،" ބަޔާން ބުނެ އެވެ.

ފުލުހުން ބުނީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ކުދިން ޗުއްޓީ ހޭދަކުރާ ގޮތާއި، ދާ ތަންތަނާއި، ވާހަކަ ދައްކާ މީހުންނަކީ ކޮބައިކަން ކޮންމެ ބެލެނިވެރިންނަށް އެނގެން ޖެހޭނެ ކަމަށާއި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ފަރާތްތަކުން ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

މިދިއަ ހޯމަ ދުވަހު ވެސް ފުލުހުން ވަނީ ކުޑަ އަންހެން ކުއްޖަަކު ގެއްލިގެން ފޮޓޯ އާންމުކޮށްފަ އެވެ. އެކުއްޖާ ފެނުނީ ހެންވޭރު ގެއެއްގައި އިންދަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު