އެންމެ ރީތިކޮށް ހަނދު ކޭތަ ފެންނާނީ މިރޭ 12:24 ގައި

ޖެނުއަރީ 2020 ވަނަ ދުވަހު ހިދި ހަނދުކޭތައެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ވިދާޅުވީ މިރޭ ހިފާ ފަނޑު ހިޔަނީގެ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިރޭ 10:45 ގައި ކަމަށެވެ.

އަދި މިރޭ 12:24 ގައި ކޭތަ ފުރިހަމަ ވާއިރު ކޭތަ ވީއްލާނީ މެންދަމު 2:04 ޖަހާއިރުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ މިރޭ ހިފާނީ ފަނޑު ހިޔަނީގެ ކޭތައަކަށް ކަމަށްވުމުން ކޭތަ ފާޅުވާނީ ވަރަށް ކުޑަކޮށް ކަމަށެވެ.

އެެހެންކަމުން ކޮންމެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި މިރޭ 12:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އެއާއެކު މިރޭގެ ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ރަށުގެ ކައުންސިލުން ހަމަޖައްސައިނުމަށް މިނިސްޓްރީއިން އެދިފައިވެ އެވެ. އަދި ކޭތަ ނަމާދު ހުތުބާ އިސްލާމިކް މިނިސްޓްރީ ވެބްސައިޓުން ލިބޭނެ ކަމަށްވެސް މިނިސްޓްރީއިން ފާހަގަކޮށްފައިވެ އެވެ.

މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާތީ، މާލޭގައި ކޭތަ ނަމާދެއް ނުކުރާނެ އެވެ.

comment ކޮމެންޓް