ހިޓްލަރު އުފަންވި ގެ ޕޮލިސް ސްޓޭޝަނަކަށް ބަދަލުކުރަނީ

ހިޓްލަރު އުފަންވި ތަނަށް ގެންނަ ބަދަލުގެ ޑިޒައިނެއް--

ނިމިގެން ދިޔަ ގަރުނުގެ އެންމެ ބޮޑު އެއް އެއް އަނިޔާވެރިޔާ އަދި ކުރީގެ ނާޒީ ޖާމަނީގެ ވެރިކަން ކުރެއްވި އެޑޮލްފް ހިޓްލަރު އުފަންވި ގެ ޕޮލިސް ސްޓޭޝަަކަށް ބަދަލުކުރުމުގެ ޕްލޭންތައް އިފްތިތާހްކޮށްފި އެވެެ.

ހިޓްލަރު އުފަންވީ 1889 ވަނަ އަހަރު އޮސްޓްރިއާގަ އެެވެ. ހިޓްލަރު އުފަންވި އިމާރާތުގެ ކުރިމަތީގައި މިހާރު ބޮޑު ގަލެއް ބައިންދާފައި ހުރެ އެެވެ. "މިފަދަ ދުވަހެއް ދެން ނުދައްކަވާށި" މިފަދައިން ލިޔެފައިވާ ލިޔުމެއް އެ ގަލުގައި ލިޔެފައި އޮވެ އެެވެ.

ހިޓްލަރު އުފަންވި ގެ ޕޮލިސް ސްޓޭޝަނަކަށް ބަދަލުކުރަން ނިންމީ އެތަނަކީ ނާޒީ ވިސްނުން ގެންގުޅޭ ފަރާތްތަކުން ޖަމާވެ ހަދާ ތަނަަކަށްވުމުން ދުރުކުރުމުގެ ގޮތުންނެވެ. މިހާރުވެސް އެފަދަ ވިސްނުން ހުންނަ މީހުން އެތަނަށް ޒިޔާރަތްކުރެ އެެވެ.

އޮސްޓްރިއާގެ އިންޓީރިއާ މިނިސްޓަރު ކާލް ނެހެމާ ވިދާޅުވީ މިއީ އާ ބާބައެއްގެ ފެށުން ކަމަށެވެ.

އެ އިމާރާތް ހުންނަތަން އޮސްޓްރިއާގެ ސަރުކާރުން 2016 ވަނަ އަހަރު ސަރުކާރަށް ގަތީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތުންނެވެ.

އެތަން ޕޮލިސް ސްޓޭޝަނަކަށް ހަދާނެކަން މިދިޔަ ނޮވެމްބަރު މަހު އޮތީ އިއުލާންކޮށްފަ އެވެެ.

ހިޓްލަރު އުފަންވި ގެ ޕޮލިސް ސްޓޭޝަނަކަށް ބަދަލުކޮށް 2023 ވަނަ އަހަރު ނިމޭނެ އެެވެ. އެކަމަށް ޖުމްލަ ފަސް މިލިއަން ޔޫރޯ ހަރަދުވާނެ އެވެ. ---ބީބީސީ--

comment ކޮމެންޓް