ފުވައްމުލަކުގައި ގަވައިދާ ހިލާފަށް ގޮނޑުދޮށުން ނެގި ވެލި ބަސްތާތަކެއް އަނބުރާ ގޮނޑޮދޮށަށް އަޅައިފި

ފުވައްމުލަކުގައި ގަވައިދާ ހިލާފަށް ނެގި ވެލި ބަސްތާތަކެއް ކައުންސިން އަނބުރާ ގޮނޑުދޮށަށް އަޅަނީ -- ފޮޓޯ/ ފުވައްމުލައް ކައުންސިލް

ފުވައްމުލައް ސިޓީގައި ގަވައިދާ ހިލާފަށް ގޮނޑު ދޮށުން ނެގި 24 ބަސްތާގެ ވެލި އަނބުރާ ގެންގޮސް ގޮނޑުދޮށަށް އަޅައިފި އެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ، ގަވައިދާ ހިލާފަށް އެ ސިޓީގެ ގޮނޑުދޮށުން 24 ބަސްތާގެ ވެލި ނަގައި، ހޯދަޑު އަވަށުގެ ގޯއްޗަކަށް ގެންދިޔަ މައްސަލަ އެ ކައުންސިލަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން ރިޕޯޓު ކުރީ އެ ބަސްތާތައް ގެންދިޔަ ގޯތީގެ ވެރި ފަރާތުން ކަމަށް ކައުންސިލުން ބުންޏެވެ.

އެ 24 ބަސްތާގެ ވެލި އަނބުރާ ގެންގޮސް ގޮނޑުދޮށަށް އަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނި ގޮތުގައި އެ ސިޓީގެ އެއްވެސް ގޮނޑުދޮށަކުން ވެލި ނެގުމަކީ މަނާ ކަމެއް ކަމަށެވެ.

"ރަށްގިރުމުގެ ނުރައްކަލުން ރަށް ހިމާޔަތް ކުރުމަށްޓަކައި ފުވައްމުލަކުގެ ގޮޑުދޮށުން އެއްވެސް ސަރަޙައްދަކުން އެއްވެސް މިންވަރަކަށް ވެލި ފަދަ ތަކެތި ނެގުމަކީ މަނާމަކެވެ." ކައުންސިލުގެ ފޭސްބުކް ޕޯސްޓެއްގައިވެއެވެ.

ގަވާއިދާ ހިލާފަށް ވެލި ނަގާނަމަ ކައުންސިލް ހޮޓްލައިން 1618 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކޮށްދިނުމަށްވެސް ކައުންސިލުން އެދުނެވެ.

comment ކޮމެންޓް