ފުވައްމުލަކުން ޒަކާތުގެ ގޮތުގައި ބޮލަކަށް 747 ރުފިޔާ

ޏ.ފުވައްމުލައް. މި އަހަރުގެ ގައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ފުވައްމުލަކުގައި

ފުވައްމުލަކު ސިޓީގައި ތިބި ފަގީރުންނަށް، ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 747 ރުފިޔާ ބަހައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެ ސިޓީން މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 241 މީހުން ކަމަށެވެ.

އަދި މި އަހަރު ޒަކާތުގެ ގޮތުގައި 180،041.95 ރުފިޔާ ލިބުނު ކަމަށާއި، ބޮލަކަށް ޖެހިފައި ވަނީ 747.06 ރުފިޔާ ކަމަށެވެ.

މި އަހަރު އެ ސިޓީގައި ފިތުރު ޒަކާތް ބަލައިގެންފައި ވަނީ އިންޓަނެޓް ބޭންކިންގ މެދިވެރިކޮށެވެ. އަދި ޒަކާތް ލިބެންވާ ފަރާތްތަކަށް މިހާރު ޒަކާތް ބަހާފައިިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އާބާދީގައި 12,790 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ގިނަ ގެތަކުން މި އަހަރުގެ ފިތުރު ޒަކާތް ދައްކާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް