ބުރުމާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ވަގަށް ނެގި ބުރުމާތަކާއެކު ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް --- ފޮޓޯ : ޕޮލިސް މީޑިއާ

އެކި ފަހަރުގެ މަތީން ވަގަށް ނަގާފައިވާ ބުރުމާތަކަކާއެކު ރ. ދުވާފަރުން ޒުވާނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައި ވަނީ މިދިޔަ މަހާއި މި މަހުގެ ތެރޭގައި އެކި ފަހަރުތަކުގެ މަތީން ބުރުމާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދުވާފަރު ފުލުހުން ކުރި މަސައްކަތުން ވަނީ އެތަކެތި ހޯދައި ޒުވާނަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ހުށަހެޅިތާ ހަ ގަޑިއިރުގެ ތެރޭގައި އެތަކެތި ހޯދައި އެ މައްސަލައާ ގުޅޭ މީހަކު ހައްޔަރުކުރި ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް