ނިމުމެއް ނެތް ހަނީމޫނުގައި ދެމަފިރިއަކު ރާއްޖޭގައި

ރާއްޖޭގައި ތާށިވި ހާލިދުގެ ދެމަފިރިން---

މިސްރަށް ނިސްބަތްވާ ހާލިދާއި ޕެރީ ކައިވެނި ކުރީ މިދިޔަ މާޗް މަހު ހަވަނަ ދުވަހު އެވެ.

ދުބާއީގައި މަސައްކަތް ކުރަމުން ދިޔަ ދެމަފިރިން ކައިވެންޏަށް ފަހު ހަނީމޫން ހޭދަކުރަން ދާން ހިޔާރުކުރީ މެކްސިކޯއެެވެ. އެދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރުނު ނަމަވެސް އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން ނުވަތަ "ޕޭންޑަމިކް" އެއްގެ ގޮތުގައި އޭރު އޮތީ ކަނޑަނާޅައެެވެ.

އެހެންކަމުން އެ ދެމަފިރިން ދަތުރު ހެދިއިރު އެކަމަކަށް މާާބޮޑު ސަމާލު ކަމެއް ނުދެ އެވެ.

ކަންދިމާކުރި ގޮތުން މެކްސިކޯގައި ޗުއްޓީ ހޭދަކުރެވުނުނެވެ. ނަމަވެސް އެނބުރި ދުބާއީއަށް ދާންވެގެން ތުރުކީގެ އިސްތަންބުލްއަށް ދާން ފްލައިޓުގައި ތިއްބައި ލިބުނީ ގަބޫލުކުރަން ދަތި ހަބަރެކެވެ.

ހާލިދު--

ކޮރޯނާއާ ގުޅިގެން ޔޫއޭއީގައި މަސައްކަތް ކުރާ ބިދޭސީންނަށް ނުދެވޭނެކަން އޭރުވަނީ އަންގައިފަ އެވެ. ތުުރުކީގެ އިސްތަންބޫލްއަށް ގޮސް އެމީހުން ދުބާއީއަށް ދާން އޮތް ފްލައިޓަށް އަރަން ހުއްދައެއް ނުލިބުނެެވެ. އެހެންވެ އެމީހުން ތިބެން ޖެހުނީ ތުރުކީގެ އިސްތަންބޫލްގެ އެއާޕޯޓްގައި ތާށިވެފަ އެވެ.

"އަހަރެމެން ގޫގަލް ކޮށްގެން ދެން ބެލީ ކޮންތާކަށްތޯ ދެވޭނީ. ބެލިއިރު އެނގުނީ ހަމައެކަނި ރާއްޖެއަށް ކަން ދަތުުރުކުރެވެން އޮތީ. ރާއްޖޭގެ އިމިގްރާޝަން ހުރަސްކުރުމާ އެކު ވަރަށް އުފާވި. އެއީ ކުރިން އެއާޕޯޓްގެ ގޮނޑިތަކުގައި ނިދުމުގެ ބަދަލުގައި އެނދެއްގައި ނިދުމުގެ ފުރުސަތު ލިބުނީމައި،" ޕެރީ ބުންޏެވެ.

ރާއްޖެ އައުމަށް ފަހުވެސް ދެންވެސް އެމީހުންނަށް ދިމާވީ އެކި ހުރަސްތަކާއެވެެ. ހަނީމޫނަށް އެމީހުން ފުރިއިރު ދިޔައީ ލެޕްޓޮޕާ ނުލާ ކަަމަށްވުމުން އެމީހުންނަށް "ޑިސްޓެންސް" މޯޑުގައި މަސައްކަތްކުރަން ވެސް އޮތީ ނުކުޅެދިފައެވެ.

ނުވިތާތަކަށް އެމީހުން ރިސޯޓަށް ދިޔައިރު އެތަނުގައި ވެސް ތިބީ މަދު ފަތުރުވެރިންތަކެކެވެ. އެ އެންމެންނަކީ ވެސް ރާއްޖެއިން ނުދެވިފައި ތިބި މީހުންނެވެ. ނަސީބު ރަނގަޅުކަމުން ރިސޯޓުން އެމީހުންނަށް އަގު ހެޔޮކޮށް ތިބެވޭނެ ގޮތް ހަމަޖެހުނެވެ.

ރާއްޖޭގައި ތާށިވި ހާލިދު--

"ރިސޯޓްގައި ތިބި 70 އެއްހާ މީހުން. މުޅިންހެން ކަހަލަ ގޮތަކަށް ތިބީ ހަނީމޫނަށް އައިސްތިބި މީހުން. ތަފާތަކީ އެ އެންމެންނަކީވެސް ޕްލޭންކޮށްގެން ހަނީމޫނަށް ރާއްޖެ އައި މީހުންކަންް،" ޕެރީ ކިޔައިދިނެވެ.

މާ ގިނަދުވަހެއް ނުވެ ރިސޯޓްވެސް ބަންދުކުރުމުން ދެމަފިރިންނަށް ދެން ޖެހުނީ އޮޅުވެލި ރިސޯޓަށެވެ.

"އަހަރެމެން ރާއްޖޭގައި ތާށިވެފައޭ ބުނީމަ މީހުން ޖޯކެވެސް ޖަހާ. ބުނޭ ތިއީ އެންމެ "އެންމެ ވޯސްޓު ސިޓުއޭޝަނެއް ނޫނޭ". އެހެންނަމަވެސް މިހެން ތާށިވެފައި އާއިލާއާ ދުރުގައި ތިބެން ޖެހުމުން ވަރަށް އަަަސަރުކުރޭ. ރިސޯޓްގައި ތިބިއިރުވެސް މީހުން ފުރައިގެންދާތަން ފެނުމުން ދެރަވޭ. މިކަހަލަ ރީތި ތަނެއްގައި އަސްލުކަންވާންވީ ގޮތެއް ނޫން މިއީ. އެހެން ނަމަވެސް މިހާރު މިއީ ތަފާތު ހާލަތެއް" ޕެރީ ބުންޏެވެ.

ހާލިދުގެ ދަމަފިރިން އަދި ވެސް ރާއްޖޭގައި ތިބީ ތާށިވެފައެވެ. އެމީހުންނަށް މިސްރަށް ވެސް ދެވޭކަށް ނެތެވެެ. އެނބުރި ގައުމަށް ދެވުނަސް 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. އެވަރުންވެސް ދުބާއީއަށް ދެވޭނެ ގޮތެއް ނެތެވެ. ދެމަފިރިން މިހާރު ވަނީ އެމީހުން އެނބުރި ޔޫއޭއީއަށް އެެތެރެވުމަށް ހުއްދަ ދިނުމަށް ވެސް އެދި ހުށަހަޅައިފައެވެ. ނަމަވެސް އަދިވެސް ޖަވާބެއް ނުލިބެއެވެ.

ރާއްޖޭގައި ތާށިވި ހާލިދު ރިސޯޓްގެ ސްޓާފުންނާއެކު

ދެމަފިރިން ރާއްޖޭގައި ތިބޭ ކޮންމެ ދުވަހަކަށް ލާރި ހަރަދުވެއެވެ. ނަމަވެސް އެނބުރި ދިއުމަށް ފަހު ނޫނީ "ހިސާބު" ތަކާމެދު ނުވިސްނަން ދެމަފިރިން މިހާރު ތިބީ އަޒުމް ކަނޑައަޅައިގެންނެވެ.

ހާލިދުގެ ދެމަފިރިންނަށް ވުރެ މާހަލުގައި އެކި ތަންތާނގައި މީހުން އެބަތިބިކަން އެ ދެމަފިރިންނަށް އެނގެ އެވެ. ނަމަވެސް ރާއްޖޭގައި ދިގުދެމިގެން މިދަނީ "ހަނީމޫނޭ" ކިޔާ ވަރަށްވުރެ މާ އުނދަގޫ ދަތުރެއްކަމަށް ދެމަފިރިން ބުނެއެވެ.

ބީބީސީ

comment ކޮމެންޓް