މާވެޔޮ މަގު ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެކްލޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ މިރޭ 9:30 އެހައިކަންހާއިރު އެވެ.
އަދި ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑިފައިވާއިރު މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.