ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް މިއަދު ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ރޭންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާ ގުޅިގެން ޖަލު އޮފިސަރުންނާއި ގައިދީންގެ ރެންޑަމް ސާމްޕަލް ނަގާނެ ކަމަށެވެ.

އައްސޭރި ޖަލުން ރެންޑަމް ސާމްޕަލް ނަގަން ފަށާފައި ވާއިރު، ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު، ރިހެބުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވް ވެފައެވެ.

މީގެކުރިން މާފުށީ ޖަލުން ވެސް ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގައިފައެވެ. ގައިދީންނާ އޮފިސަރުން ހިމެނޭ ގޮތުން މާފުށީ ޖަލުން ނެގި 38 ސާމްޕަލް ވެސް ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ.

comment ކޮމެންޓް