ފުވައްމުލަކުގައި މަރުވި ބިދޭސީއަކު ކޮވިޑްގެ އުސޫލުތަކާ އެއްގޮތަށް ވަޅުލައިފި

ފުވައްމަލަކުގައި މަރުވި ބަންގްލަދޭޝް މީހާ ވަޅުލުމުގެ މަސައްކަތް ކުރަނީ --

އިއްޔެ ފުވައްމުލަކުގައި ކުއްލި ގޮތަކަށް މަރުވި ބަންގްލަދޭޝްގެ ރައްޔިތަކު މިއަދު ކޮވިޑް-19 ހުރި ކަމަށް ޝައްކު ކުރެވޭ މީހުން ވަޅުލާ އުސޫލުން ވަޅުލައިފިއެވެ.

ފުވައްމުލަށް ސިޓީ ކައުންސިިލުން މިއަދު ބުނީ އެ މީހާ ވަޅުލީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދާ އެއްގޮތަށް، ކޮވިޑް-19 ޖެހިފައިވާ މީހުންނާއި އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެ މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ފުވައްމުލަށް ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ.

ސިޓީ ކައުންސިލުން ބުނީ، އެ ބަންގްލަދޭޝް މީހާއާ ކޮންޓެކްޓުވި ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން މިހާރު ފޮނުވާފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގައި މަރުވީ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ މަރޮށީ ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު)އާއި އޭނާގެ އަނބިކަނބަލުންވެސް ހިމެނެއެވެ.

comment ކޮމެންޓް