ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 32 އަށް އަރައިފި

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ

ރާއްޖެއިން ކޮވިޑް ޖެހުނު އިތުރު މީހަކު އެ ބަލިން ރަނގަޅުވެއްޖެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

މިރޭ އެ ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ބަލީގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށާއި ރާއްޖޭގައި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށެވެ. އެއީ ދިވެއްސެކެވެ.

އެންމެ ފަހުން ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 52 ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިއަދު މިހާތަނަށް 45 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ރާއްޖެއިން ޖުމުލަ 904 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވާނެ ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް