އާ މެޝިންތައް އައުމުން ޓެސްޓް ކުރެވޭ އަދަދު ހާހަކަށް ވުރެ މަތިވާނެ: މަބްރޫކް

އޭޕްރީލް 24، 2020: ރޯދަމަހުގެ ފުރަތަމަ ދުވަހު އެހެން އަހަރުތަކުގެ ރޯދަމަހާ ހިލާފަށް މާލެތެރެ އޮތީ ފަޅުވެފަ. ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް 19ގެ ސަބަބުން އެންމެ ލޮކްޑައުންގައި ތިބެން ޖެހި، ރޯދަ ކުރުކުރަން ހަވީރު ފިނި ބުރުޖަހަން ނިކުނަންނަ މަގުތައް ވަނީ ފަޅުވެ މުޅި ރަށުތެރެ ހިމޭންވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓް ކުރުމަށް އޯޑަރު ކޮށްފައިވާ އާ މެޝިނަރީތައް ލިބުމުން ޓެސްޓިން ކެޕޭސިޓީ 1000އަށް ވުރެ މަތިވާނެ ކަމަށް އެންއީއޯސީން ބުނެފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކުން ސާމްޕަލް ނަގަން ޖެހެނީ ވަރަށް "މެނުއަލް ޕްރޮސެސް"އަކުން ކަމަށެވެ.

ނަމަވެސް އާ މެޝިނަރީތަކުގެ އެހީގައި އެ މަސައްކަތް އޮޓޮމޭޓް ކުރެވޭނެ ކަމަށާއި އެތަކެތީގެ އެހީގައި ދުވާލަކު ޓެސްޓު ކުރެވޭ މިންވަރު 1000އަށް ވުރެ އިތުރުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

"އަލަށް ގެންނަން މަސައްކަތްކުރާ މެޝިންތަކަކީ އޮޓޮމޭޓަޑް ޕްރޮސެސްއެއް ހުންނަ މެޝިންތަކެއް. އެހެންވީމަ އޭގެ މެޝިނަކުން ހެދޭ ސާމްޕަލްގެ އަދަދު އިތުރުވެ، އެއަށް ބޭނުންވާ ލެބް ޓެކްނީޝަނުންގެ އަދަދު ވެސް މަދުވާ ކަހަލަ މެޝިންތަކެއް ގެންނަން އެބަ މަސައްކަތް ކުރަން. 1000އަށް ވުރެ ގިނަ ސާމްޕަލް ނެގެންވާނެ ދުވާލަކު، މިހާރު މި ގެންނަ މެޝިންތައް ގެނައުމާއެކީގައި،"

މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 400 ސާމްޕަލެވެ. މި އަދަދު 600އަށް އިތުރު ކުރަން ބޭނުންވާ މެޝިންތައް މި މަހުގެ 16 ހިސާބުގައި ލިބޭނެ ކަމަށް މަބްރޫކް ލަފާކުރެއްވި އެވެ.

comment ކޮމެންޓް