"ތައްޕަޅު" އެމެޒޯން ޕްރައިމް އަށް

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތައްޕަޅު" އެމެޒޯން ޕްރައިމުން ސްޓްރީމްކުރަން ފަށައިފި އެވެ.

މި މަހު އެ ފިލްމު އެމެޒޯންއިން ސްޓްރީމް ކުރަން ފަށާފައިވާއިރު އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އަނޫބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދި އެ ފިލްމަކީ ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދި ފިލްމެކެވެ.

ތާޕްސީގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ޕަވައިލް ގްލާޓީ، ރަތުނާ ޕަތަކް ޝާހު، ތަންވީ އަޒްމީ، ދިއާ މިރްޒާ، ރާމް ކަޕޫރް، ކުމުދު މިޝްރާ، މާނަވް ކޯލް އަދި ގްރޭސީ ސިންގްއެވެ.

"ތައްޕަޅު" ރިލީޒްކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. ބޮކްސް އޮފީހުގައި ވެސް މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

comment ކޮމެންޓް