ލޮކްޑައުންގައި ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެއް

ދިރާގުގެ މޮބައިލް އެޕްލިކޭޝަން، ދިރާގު ޕޭ އަދި ދިރާގު ވެބްސައިޓުން ވެސް ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ--

ކަންމަތީ ފިހާރައަށް ގޮސް ރީލޯޑް ކޮށްލުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާދަވެފައި އޮންނަ ގޮތެވެ. ނަމަވެސް ރާއްޖޭގައި މިހާރު މިއޮތް ލޮކްޑައުންގެ ހާލަތުގައި މިއީ ކުރެވޭނެ އަދި އެދެވިގެންވާ ކަމެއްވެސް ނޫނެވެ. މި ދުވަސްވަރަކީ ގޭގައި ތިބެގެން، ރައްކާތެރިކަމާއެކު ހުރިހާ ކަމެއްހެން އޮންލައިންކޮށް ކުރަން ޖެހިފައިވާ ދުވަސްވަރެކެވެ. މިއީ ޑިޖިޓަލް ވާންޖެހިފައިވާ ވަގުތެވެ.

ދިރާގުން ވަނީ ދިރާގުގެ ހުރިހާ ހިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ. މީގެ ތެރޭގައި ދިރާގު މޮބައިލް ޕްރީޕެއިޑް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ. އެއީ؛

  • ދިރާގު މޮބައިލް އެޕްލިކޭޝަން

ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަން ބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.

ދިރާގު އެޕްލިކޭޝަން--

ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެ އެވެ. ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް މި ލިންކުން ބަލައިލެވޭނެ އެވެ.

  • ދިރާގު ވެބްސައިޓް

ދިރާގު ވެބްސައިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ސްކްރީންގެ ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައި އިންނަ “Easy TopUp” އަށް ފިތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިތާލާށެވެ. ދެން، ފައިސާ ދައްކަން ބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެއެވެ.

ދިރާގު ވެބްސައިޓު--

ދިރާގު ވެބްސައިޓް މެދުވެރިކޮށް ރީލޯޑް ކުރާނެ ގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް މި ލިންކުން ބަލައިލެވޭނެ އެވެ

  • ދިރާގު ޕޭ

ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓު އިތުރު ކްރެޑިޓް ލިބިގެންދާނެ އެވެ. އިތުރު ކްރެޑިޓް ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ ނިޔަލަށެވެ.

ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝް އިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ކުރެވޭނެ އެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް