ޕެރިސް މެޓްރޯގައި މާސްކު ނާޅާނަމަ ޖޫރިމަނާ ކުރާނެ

ޕެރިސްގެ މެޓްރޯގައި މީހަކު ފޭސް މާސްކް އަޅައިގެން -- ފޮޓޯ : ސީއެންއެން

ޕެރިސްގެ މެޓްރޯ ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ފޭސްް މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު ނާޅާ އުޅޭ ކަމަށްވާނަމަ ޖޫރިމަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ޕެރިސްގެ އެންމެ ހަލަބޮލި ވަގުތު މެޓްރޯ ބޭނުން ކުރަން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މަސައްކަތަށް ދާނަމަ އެ ތަނަކަށް ދާ ސަބަބު، ލިޔުމުން ކުންފުނީގެ ފަރާތުން މުވައްޒަފަށް ލިބިފައި އޮންނަން ޖެހޭނެ ކަމަށް ވަނީ ސަރުކާރުން ހާމަކޮށްފަ އެވެ.

ޕެރިސް ސްޓޭޓް ޕަބްލިކް ޓްރާންސްޕޯޓް އޮޕަރޭޓާ ކަމަށްވާ އާރުއޭޓީޕީއިން ބުނެފައިވަނީ މެޓްރޯ ބޭނުންކުރާ ފަރާތްތަކުންގެ ތެރެއިން ގަވާއިދާ ހިލާފަށް މާސްކު ނާޅާ އުޅޭކަން އެނގިއްޖެ ނަމަ 145 ޑޮލަރާ ހަމައަށް ވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެ ގަވާއިދަށް އަމަލުކުރާ މިންވަރު ބަލައި އެ ނިންމުން ތަންފީޒުކުރުމަށްޓަކައި އާރުއޭޓީޕީގެ މުވައްޒަފުންނާއި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެ އޮޕަރޭޓަރުން ވަނީ ބުނެފައެވެ.

އާރުއޭޓީޕީއިން އެގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ ޕަބްލިކް ޓްރާންސްޕޯޓުތަކުގައި 11 އަހަރުން މަތީ ކޮންމެ މީހަކުވެސް ފޭސް މާސްކު އެޅުން މަޖުބޫރުކުރުމަށް އިކޯލޮޖީ މިނިސްޓްރީއިން ނިންމުމުންނެވެ.

ޕެރިސްގައި ފޭސް މާސްކު ތިން ކެޓަގަރީއަކަށް ބެހިގެންވެއެވެ. އެއީ އެފްއެފްޕީ2 ފިލްޓަރިން މާސްކް އާއި ސާޖިކަލް މާސްކް އަދި އާންމު ހާލަތްތަކުގައި ބޭނުންކުރާ މާސްކެވެ. އެއިން ކޮންމެ ވައްތަރެއްގެ މާސްކް އަކީވެސް ޕަބްލިކް ޓްރާންސްޕޯޓުގައި ބޭނުންކުރުން ހުއްދަވާނެ ވައްތަރުގެ މާސްކް އެވެ.

comment ކޮމެންޓް