މިއަދު 45 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ އަދަދު 800 އިން މައްޗަށް

އޭޕްރީލް 22، 2020: އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މީހަކު ފޭސްމާސްކް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 އަށް މިއަދު 45 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ. އެއާ އެކު ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ، 835 އަށް އަރައިފަ އެވެ.

އެޗްޕީއޭއިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ހިމެނެނީ 22 ބަންގްލަދޭޝް މީހުނާއި 20 ދިވެހިންގެ އިތުރުން ނޭޕާލް ދެ މީހަކާއި އިންޑިިއާގެ އެއް ރައްޔިތެއް ކަމަށެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީޙުންގެ އަދަދު 800 ހުރަސްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 573 ބިދޭސީންނާއި 282 ދިވެހިން އެވެ. މިހާތަނަނަށް ވައިރަހުން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ، 29 އެވެ. އެއީ 13 ބިދޭސީންނާއި 16 ދިވެހިންނެވެ.

މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިން އަންދާޒާ ކުރި ވަރަށް ވުރެ، މަރުވާ މީހުންގެ އަދަދު 50 ޕަސަންޓް ދަށްވާނެ ކަމަށް ލަފާ ކުރެވެ އެވެ.

comment ކޮމެންޓް