ހަރުކަށި ފިކުރުގެ އަށް މީހެއްގެ ފައިގާ ޓެގް އަޅުވައި ބަލަހައްޓަނީ

ފުލުހުން ހަރުކަށި ފިކުރުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން

މުޖުތަމައަށް ނުރައްކާވާ ފަދަ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އަށް މީހެއްހެގެ ފައިގައި ޓެގު އަޅުވައި ބެލެހެއްޓުން ނުވަތަ މޮނީޓާ ކުރުމަށް ހައި ކޯޓުން "މޮނިކޮން އަމުރު" ނެރެފި އެވެ.

ހައި ކޯޓުން އެފަދަ އަމުރެއް ނެރުއްވާފައިވާކަން ހާމަ ކުރެއްވީ މިރޭ ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިމްރާން ވިދާޅުވީ، މި ދަނޑިވަޅުގައި ވެސް ހަރުކަށި ފިކުރަށް ނިސްބަވްތާ މީހުންގެ ނުރައްކާތެރި ކަންކަން ކުރުމަށް ރޭވި ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް ފުލުހުން އޮޕަރޭޝަންތަކެއް ހިންގި ކަމަށާއި އެ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަ ކުރެވުނު އަށް މީހަކު މޮނީޓާ ކުރުމަށް ހައިކޯޓުން އިއްޔެ އަމުރު ނެރެދީފައިވާ ކަމަށެވެ.

"އެ ފަރާތްތަކުން މުޖްތަމައުގެ ނުރައްކަލަށް ކުރަމުންދާ ބައެއް ކަންތައްތަކަކުގެ ސަބަބުން އެފަރާތްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބިދޭ އިހްތިޔާރުގެ ދަށުންް ހޯމް މިނިސްޓްރީން އެދިގެން ހައިކޯޓުން ވަނީ އަށް ފަރާތެއް ކޮންޓްރޯލްކޯށް ބެލެއްހެއްޓުމަށް އަމުރު ނެރެދެއްވާފައި،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ގައުމަށް ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރެއިން ބައެއް ފަރާތްތަކުން އެކަމުގެ ނާޖާއިސް ފައިދާ ނަގައި، އެކި އެކިި ނުރައްކާތެރިކަންކަން ކުރުމަށް ރާވާ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް މިދިޔަ ހަފްތާގައި ފުލުހުން ބޮޑުތެ އޮޕަރޭޝަންތަކެއް ހިންގި ކަމަށާއި އެ އޮޕަރޭޝަންތަކުން ރަނގަޅު ކާމިޔާބެއްވެސް ހޯދިފައިވާ ކަމަށެވެ.

"މި ހަފްތާގެ މެދު ތެރޭ ބައެއް އޮޕަރޭޝަންތަކުގެ ތަފްސީލު މީޑިއާ ހަމަށް އަޅުގަނޑުމެން ގެންނަނަން. މިހާރު ހާއްސަކޮށް ހަރުކަށި ފިކުރުގެ ބައެެއް ފަރާތްތައް ހިންގަމުން އަންނަ ހަރަކާތްތަކާއި ނުވަތަ ރާވަމުންދާ ރޭވުންތައް ހުއްޓުވައި، އެފަދަ ކަންތަކުގައި ރައްޔިތުން ސަލާމަތް ކުރުމަށް ކުރިއަށްވުރެވެސް ބޮޑަށް ފުލުހުން،" ސަމާލުވެފައިވާ ކަމަށް އިމްރާން ވިދާޅުވއިެވެ.

އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ކުރަމުންދާ ކަންކަމަށް އިތުރަށް ސަމާލުކަންދީ، ފުލުހުންނާ ސިފައިން ގުޅިގެން އެ ފިކުރާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑްް19 އަށް މުއައްސަސާގެ ސަމާލުކަން ހުއްޓިފައިވީނަމަވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ހުއްޓާނުލާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ކޮވިޑް19އާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ފޮރޮންޓްލައިންގައި ކުރަމުންދާއިރުވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ މަސައްކަތް މިދަނީ ކުރަމުން. ވަކިން ހާއްސަކޮށް، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރަމުންދާ ކަންކަން ވަރަށް ކައިރިން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" އިމްރާން ވިދާޅުވިއެވެ.

އަށް ފަރާތަކަށް މޮނިކޮން އަމުރު ހިންގުމަށް ހައި ކޯޓުން އަމުރު ނެރުނު އިރު، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައި ބުނާގޮތުން އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅިދާނެއެވެ. އެފަދަ އަމުރު ތަކަށް ކިޔާނީ "މޮނިކޮން އަމުރު" ކަމަށް އެ ގާނޫނުގައި ބުނެއެވެ.

comment ކޮމެންޓް