ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލްދޭން ދެކޮޅު ހެދި 4 މީހެއްގެ ސާމްޕަލް ނަގަން ކޯޓުން އަމުރުކޮށްފި

ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މިހާރު ރާއްޖޭގައި ފެތުރިފައިވާ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ 4 މީހެއްގެ މައްޗަށް ސާމްޕަލް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސާމްޕަލް ދިނުމަށް އެ 4 މީހުންގެ މައްޗަށް އަމުރު ކުރުމުގެ އިތުރުން ސާމްޕަލް ނަގައިދިނުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެކަމުގައި ޝާމިލްވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެކުރިން ވެސް ސިވިލް ކޯޓުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދިނުމަށް ދެކޮޅު ހެދި ބައެއް މީހުންގެ މައްޗަށް ސާމްޕަލް ދިނުމަށް އަމުރުކޮށްފައެވެ.

ކޮވިޑް-19 އިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ދިޔުން ވަނީ މަނާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 600 އަށް ވުރެ މައްޗަށް އަރާފައެވެ.

comment ކޮމެންޓް