ރަށް ރަށުގެ އޭޓީއެމްތަކަށް ބީއެމްއެލްގެ ސީއީއޯ އިސްވެ ފައިސާ ގެންގޮސްދީފި

ބޭންކް އޮފް މޯލްޑިވްސް ގެ ސިއީއޯ ޓިމް ސޯޔާ ފްލައިޓަނުން ފައިބައިވަޑައިގަންނަވަނީ --- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އޭޓީއެމްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިއީއޯ ޓިމް ސޯޔާ އިސްކޮށް ހުންނަވައި ފައިސާ ގެންގޮސްފި އެވެ.

ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނީ، މޯލްޑިވިއަންގެ ޗާޓާރޑް ފްލައިޓެއްގައި ނުވަ އެއާޕޯޓަކަށް ދަތުރުކޮށްފައިވާ ކަމަށާއި އެ ދަތުރުތަކުގައި ސީއީއޯގެ އިތުރުން އެ ބޭންކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

އެ ދަތުރުތަކުގައި 25 ބަރާންޗަށް ބޭނުންވާ ނަގުދު ފައިސާ ގެންގޮސްފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ވެރިރަށް މާލެއިން ކޮވިޑް-19ގެ ބަލި މީހަކު މި މަހުގެ 15ގައި ފެނުމާ އެކު މާލެ ސަރަހައްދާއި ރާއްޖޭގެ ހުރިހާ ރަށެއް ވެސް އޮތީ ލޮކްޑައުންގަ އެވެ. އެތެރޭގެ އުދުހުންތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފަ އެވެ.

comment ކޮމެންޓް