ކޮނޑޭއަށް ބޮޑު ކިބުލެއް އަރައިފި

ގއ. ކޮނޑޭ އިން ފެނުނު ކިނބޫ: މިހާރު އޭތި އޮތީ ހަތަރެސްފައި ބަނދެ ކައުންސިލް އިދާރާގައި ---

ގއ. ކޮނޑޭއަށް އެރި ބޮޑު ކިބުލެއް އަތުލައިގަނެފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އަބްދުލްހަކީމް 'ސަން' އަށް ވިދާޅުވީ، އެ ކިނބޫ ފެނިފައި ވަނީ މިރޭ 9:30 ހާއިރު މަސް ހިފަން އުޅުނު ބަޔަކަށް ކަމަށެވެ.

ދިގުމިނުގައި ދެ މީޓަރު (6ފޫޓް) ހު ފޫޓް އެ ކިނބުލުގައި ހުރި ކަން ހަކީމް ފާހަގަކުރެއްވި އެވެ. އަދި ކިނބޫ ހިފާފައި ވަނީ ދާ ޖަހައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ގއ. ކޮނޑޭއަށް އެރި ކިނބޫ ދާޖަހައިގެން ހިފަނީ ---

"ރާޅު ފެން ޖަހާ ހިސާބުގައި އޮތްވާ އެ މީހުނަށް ކިނބޫ ފެނުނީ. ދެން އިތުރު ބަޔަކާއި އެކުވެގެން މަސް ހިފާ ގޮތަށް ދާ ޖަހައިގެން ހިފައިގެން މިހާރު އޮތީ ކައުންސިލް އިދާރާއަށް ގެނައިސްފައި،" ހަކީމް ވިދާޅުވެއްޖެ އެވެ.

ކިނބުލުގެ ހަތަރެސްފައި ބަނދެ ތުުން ވެސް ބަދެ ހިރި ނުލެވޭ ގޮތަށް ކައުންސިލް އިދާރާގައި ބާއްވާފައިވާއިރު ކައުންސިލުން ވަނީ ފުލުހުންނަށް އެކަން ރިޕޯޓްކޮށްފަ އެވެ. އަދި ފުލުހުން އަންނަން ދެން ކިނބޫ ބޭއްވުމަށް އެދިފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ރަށް ރަށަށް އަދި މޫދުން ވެސް ކިނބޫ ފެނެއެވެ.

comment ކޮމެންޓް