ސެނިޓައިޒާއާއި މާސްކު އަގުބޮޑުކޮށް ވިއްކަން އުޅުނު މީހަކަށް ދައުވާކޮށްފި

އަމަރުދީފް(ކ). ގިނަ އަދަދެއްގެ ސެނެޓައިޒާއާއި މާސްކު އަގުބޮޑުކޮށް ވިއްކަން އުޅުމުން އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފައި---

ކޮރޯނާ ވައިރަސްއާ ގުޅިގެން ގިނަ އަދަދެއްގެ ސެނެޓައިޒާއާއި މާސްކު ފަދަތަކެތި އަގުބޮޑުކޮށް ވިއްކަން އުޅުނު މީހެއްގެ މައްޗަށް އެމެރިކާގައި ދައުވާކޮށްފި އެވެ.

އެމެރިކާގެ ޑިފެންސް ޕްރޮޑަކްޝަން އެކްޓްގެ ދަށުން އެފަދަ ތަކެތި އެއްކޮށް ބޮޑު އަގުގައި ވިއްކުމަކީ ގާނޫނީ ގޮތުން ކުށެކެވެ.

ދައުވާކޮށްފައިވާ އަމަރުދީޕް ސިންގް ވަނީ 100،000 މާސްކާއި 10،000 ސާޖިކަލް ގައުންއާއި 2500 ފުލް ބޮޑީ އައިސޮލޭޝަން ސޫޓާއި އެކި ވައްތަރުގެ ސެނެޓައިޒާ ވިއްކަން އުޅެފައެވެ.

ސިންގްވަނީ އެން95 މާސްކު ދެ ގުނަބޮޑުކޮށް ވިއްކައިފައެވެ. އަދި ޑިސްޕޯސެބަލް އަންގި އެންމެ ހަތް ސެންޓަސް ގަނެ އެއް 0.81 ޑޮލަރަށް ވިއްކައިފައެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.
ސިންގްގެ ވަކީލް ސީއެންއެންއަށް ވިދާޅުވީ ސިންގްގެ މައްޗަށް ކޮށްފައިވަނީ އެއްވެސް ތާކުންތާކު ނުޖެހޭ ދައުވާއެއް ކަަމަށެވެ.
އެމެރިކާއިން މިހާތަނަށް 270،000 އަށް ވުރެ ގިނަ ކޮރޯނާގެ ކޭސްތައް ވަނީ ފެނިފައެވެ.

މިދިޔަ މަހު އެމެރިކާގެ ދެ މީހަކު 17،000 ސެނިޓައިޒާ ފުޅިގަނެ އެތަކެތި އަގުބޮޑުކޮށް ވިއްކަން އުޅެނިކޮށްވެސް ވަނީ ހުއްޓުވައިފައެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ހޭންޑް ސެނިޓައިޒާ އާއި މާސްކުފަދަ ތަކެތި އަގުބޮޑުކޮށް ވިއްކާ މައްސަލަ ވަނީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވަރަށް ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން އެމެޒޯއިން ވަނީ، އެފަދަ ތަކެތި ތާޑް ޕާޓީތަކަށް ނުވިއްކޭގޮަތަށް ވެސް ދާދި ފަހުން ހަދައިފަ އެވެ. -- (ބީބީސީ)

comment ކޮމެންޓް