ޔޫއޭއީގެ އެންމެން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓްކުރަން ނިންމައިފިއެވެ.
ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ދަށުން ޔޫއޭއީގެ ހުރިހާ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ހުރިހާ މީހުންވެސް ޓެސްޓްކުރާނެއެވެ.
ޔޫއޭއީގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު ފަރީދާ އަލް ހުސައިނީ ވިދާޅުވީ މިހާތަނަށް އެގައުމުން 25،795 މީހަކު ކޮރޯނާއަށް ޓެސްޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 7265 ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ބަލީގައި އެގައުމުން މިހާތަނަށް ވަނީ 43 މީހަކު މަރުވެސްވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 1000 އަށް ވުރެ ގިނަ މީހުން ވަނީ ރަަނގަޅުވެސްވެފައެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫއޭއީން ވަނީ އެގައުމުގެ ޝޮޕިން މޯލްތައް ބަންދުކޮށް ރެސްޓޯރެންޓްތައްވެސް ހަމައެކަނި ޑެލިވަރީ ކުރެވޭގޮތަށް އެކަނި ހަދައިފައެވެ.
އޭގެ އިތުރުން ގިނަ ފްލައިޓްތައްވެސް މިހާރު ޔޫއޭއީންވަނީ ކެންސަލްކޮށްފައެވެ.
ޔޫއޭއީން ވަނީ ބަލި ޖެހޭ މީހުން ޓެސްޓްކުރުމަށް 14 ޑްރައިވް ތުރޫ ފެސިލިޓީތައްވެސް ގާއިމްކޮށްފައެވެ. އެތަންތަނުން ދުވާލަކު އެތަކެއް ސަތޭކަ މީހުން ދަނީ ޓެސްޓްވެސް ކުރަމުންނެވެ.
ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ގޮތުން ޔޫއޭއީން މިހާރަ ދަނީ ޕްލާސްމާ ތެރެޕީގެ ކްލިނިކަލް ޓްރަޔަލްތައްވެސް ގެންދަމުންވެެ.