ސުޕަމާކެޓު ތޮއްޖެހުމުން ގޭގައި ތިބެ ވިޔަފާރިކުރަން އެސްޓީއޯއިން އިލްތިމާސްކޮށްފި

އެސްޓީއޯ ސުޕަމާކެޓަށް ވިޔަފާރިކުރަން ދިޔަ މީހުންގެ ކިޔު، އެ ފިހާރައިން ބޭރަށް ދަމާލާފައި-- ސަން ފޮޓޯ/ އައިޝަތު ފަރީޙާ އަބްދުﷲ

ތޮއްޖެހިގެން ވިޔަފާރި ކުރަން ނުދިއުމަށާއި ގޭގައި ތިބެގެން ބޭނުންވާ ހުރިހާ ތަކެތި ގަތުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިލްތިމާސް ކުރައްވައިފި އެވެ.

އަމްރު ވިދާޅުވީ ގޭގައި ތިބެގެން ވެސް އެސްޓީއޯއިން ވިޔަފާރި ކުރެވޭނެ ކަމަށާއި މުދާ ގެއަށް ޑެލިވަރީވެސް ކޮށްދޭނެ ކަމަށެވެ.

"ގޭގައި ތިބެގެން އެސްޓީއޯ ސުޕަމާކެޓުން ބޭނުން ހުރިހާ އެއްޗެއް ގަނެވޭނެ. ޑެލިވަރާ ކޮށްދޭނެ. ތޮއްޖެހިގެން އެއްޗެހި ގަންނަން ނުދޭ." އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން ތަކެތި އޯޑަރު ކުރުމަށް އެކަމަށް ހާއްސަ ވެބްސައިޓަށް ވަނުމަށް ފަހު އޯޑަރު ކުރުމުން ތަކެތި ގެއަށް ޑެލިވަކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މާލެއިން ކޮވިޑް19އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާއެކު ގިނަ އަދަދެއްގެ އާންމުން އެއްފަހަރާ ވިޔަފާރިކުރަން ފިހާރަތަކަށް ދަނީ ޖަމާވަމުންނެވެ.

އެގޮތުން އެސްޓީއޯ ސުޕަމާކެޓަށް ވިޔަފާރިކުރަން ދިޔަ މީހުންގެ ކިޔު، ފިހާރައިން ބޭރަށް އޮތީ ދަމާލާފަ އެވެ.

ނަމަވެސް ކޮވިޑް-19އާ ގުޅިގެން މިގޮތަށް އެއްތަނަކަށް އެއްވެ ނޫޅުމަށާއި މުދާ ގެއަށް ސްޓޮކް ނުކުރުމަށް ސަރުކާރުން މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެއިން ކޮވިޑް-19އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހެނދުނު އެވެ. އެ މީހާ މިހާރު ވަނީ އައިސޮލޭޝަނަށް ގެންގޮސްފަ އެވެ.

މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެހި މީހާ އެވެ.

comment ކޮމެންޓް