ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން މަސައްކަތްކުރަނީ

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ --ސަން ފޮޓޯ/ އަހްމަދު ސައީދު

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ނިންމައިފިއެވެ.

ބްރޯޑްކާސްޓް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑްއާ ގުޅިގެން އަޅާފައިވާ ސިއްހަތު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތަކާއި މާލީ ނުތަނަވަސްކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ކަންކަން ބެލުމުގެ ގޮތުން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ހާލަތު ދެނެގަތުމަށް ކޮމިޝަނުން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެފަދަ އެއްވެސް ފަރާތަކުން ހިދުމަތް ދިނުމުގައި ދަތިވެ މާލީ ދަތިތަކެއް ކުރިމަތިވެފައިވާނަމަ ކޮވިޑްގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ފޯމް ފުރިހަމަ ކުރުމަށްފަހު އެ ކޮމިޝަނަގެ މެއިލް [email protected] އަށް މިމަހުގެ 21ގެ ކުރިން ފޮނުވުމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑްއަށް 20 މީހުން ޕޮޒިޓިވްވަނީ ވެފައެވެ. އޭގެ ތެރެއިން ދެ ފަތުރުވެރިއަކު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. އަދި 14 މީހަކު ވަނީ ރަނގަޅުވެެސްވެފައެވެ.

comment ކޮމެންޓް