ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނަށް ވެސް ކެއާ ޕެކޭޖު

މޯލްޑިވިއަން މެދުވެރިކޮށް ލަންކާގައި ދިރިއުޅޭ އާއިލާތަކަށް ކެއާ ޕެކޭޖުތައް ފޮނުވަނީ --- ފޮޓޯ : މޯލްޑިވިއަން

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހީންގެ ޒަރޫރީ ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާތީ އެ ފަރާތްތަކަށް މޯލްޑިވިއަން މެދުވެރިކޮށް ކެއާ ޕެކޭޖު މިއަންނަ ހުކުރު ދުވަހު ފޮނުވުމަށް ނިންމައިފި އެވެ.

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖުތައް ވަނީ މީގެ ދެ ހަފްތާ ކުރީން ފޮނުވާފައެވެ.

ފޮރިން މިނިސްޓްރީއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވިއަން އިން ޔޫއޭއީ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓްގައި ދިވެހި އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައި ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޔޫއޭއީގައި ދިރިއުޅޭ ފަރާތްތަކަށް ފޮނުވާ ޕެކޭޖު ބަލައިގަންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އަދި އެތަކެތި ބަލައިގަންނާނީ މި އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 15:00ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ކޮންމެ އާއިލާއަކަށްވެސް ގިނަ ވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނީ

  • މަސް ދަޅު
  • ރިހާކުރު (ހަމައެކަނި އޮރިޖިނަލް ޕެކިންގ ގައި ހުންނަ ފުޅި)
  • ހިކިމަސް، މުގުރިމަސް، ވެކިއުމް ޕެކްޑް ވަޅޯމަސް
  • މަސް ޕެކެޓު/ފަތް ޕެކެޓު/ސަމްބޯމް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި /ލޭބަލްއާ އެކު)
  • ޗިލީ ޕޭސްޓް، މަސްމިރުސް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާއެކު)
  • ހަވާދު ޕެކެޓް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)
  • ތެލުލި ބަނބުކެޔޮ، އަލަ ، ކުޅިކާޖާ (ހަމައެކަނި އޮރިޖިނަލް ޕެކިންގައި ، ލޭބަލްއާއެކު)
comment ކޮމެންޓް