މެލޭޝިޔާގައި ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެ

މެލޭޝިއާ ރައްޔިތުންތަކެއް މާސްކު އަޅައިގެން ---

މެލޭޝިޔާގައި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައި ވަނީ، އެ ގައުމުގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 416 ބިދޭސީން ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށް މިނިސްޓްރީން އާންމުކުރި މައުލޫމާތުން އެނގެއެވެ. ފޮރިން މިނިސްޓްރީން ބުނީ އެފަދަ މައުލޫމާތެއް ލިބިގެން މެލޭޝިޔާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އެކަން ބަލަމުން އަންނަ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިޔާގައި މިހާތަނަށް 4,228 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 67 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

އެގައުމުގައި ބަލި ފެތުރެމުން އަންނާތީ، އަނބުރާ ރާއްޖެ އަންނަން ބޭނުން ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

comment ކޮމެންޓް