މިއަހަރުގެ ވިމްބްލެޑަން ކެންސަލުކޮށްލުމަށް ވިސްނަނީ

މިދިޔަ އަހަރުގެ ވިމްބްލެޑަން ސިންގަލްސް ކާމިޔާބުކޮށްފައިވާ ނޯވެކް ޖޮކޮވިޗް އާއި ސިމޯނާ ހެލެޕް --- ފޮޓޯ : ސްޕޯޓްސް އެސެންޝަލް

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ޝަރަފުވެރި ޓެނިސް މުބާރާތް ކަމަށްވާ ވިމްބްލެޑަންގެ މިއަހަރުގެ ސީޒަން ކެންސަލުކޮށްލުމަށް ވިސްނަން ފަށައިފި އެވެ.

މިއަހަރުގެ ޖޫން މަހުގައި ފެށުމަށް ހަމަޖެހިފައިވާ ވިމްބްލެޑަން ކެންސަލުކޮށްލުމާ މެދު ގޮތެއް ނިންމުމަށް ކުއްލި ބައްދަލުވުންތަކެއް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމުގެ ވާހަތަކެއް ވަނީ ދެކެވިފައެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ކުޅިވަރުތަކެއް ކެންސަލުކުރަމުން ނުވަތަ ފަސްކުރަމުންދާއިރު ވިމްބްލެޑަންވެސް ފަސްކުރުންވެސް ރަނގަޅު ވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިއަހަރުގެ މުބާރާތުގެ ދެވަނަ ސްޓޭޖަށް ކޮލިފައިވާ ގްރޭޓް ބްރިޓަން އިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ހާލަތު އޮތް ގޮތަށް ބަލާފައި ވިމްބްލެޑަން ކުރިއަށް ނުގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިއަހަރުގެ ވިމްބްލެޑަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 29 އިން ފެށިގެން ޖުލައި މަހުގެ 14 އަށެވެ.

ވިމްބްލެޑަންގެ މުބާރާތެއް އެންމެ ފަހުން ކެންސަލުކޮށްލާފައިވަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައެވެ. އެއަށްފަހު ވިމްބްލެޑަންގެ ހުރިހާ މުބާރާތެއްވެސް މެދުކެނޑުމެއް ނެތި އަންނަނީ ބާއްވަމުންނެވެ.

މިދިޔަ އަހަރުގެ ވިމްބްލެޑަން ސިންގަލްސް ކާމިޔާބުކޮށްފައިވަނީ ނޯވެކް ޖޮކޮވިޗް އާއި ސިމޯނާ ހެލެޕް އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓެނިސް ޓޯނަމެންޓެއް ކަމަށްވާ ފްރެންޗް އޯޕެންވެސް ވަނީ ދާދި ފަހުން ފަސްކޮށްފައެވެ. އެގޮތުން ފްރެންޗް އޯޕެން މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ ހަތެއްގައެވެ.

comment ކޮމެންޓް